އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ދާއިރާއަކުން ކިޔެވި ނަމަވެސް ދިވެހި ޤައުމަށް ޚިދުމަތް ކުރުމަކީ އެންމެ އިސް ވާޖިބުކަމުގައި ހެދުމަށް ރައީސް ޞާލިޙް އެދިވަޑައިގެންފި

ކޮންމެ ދާއިރާއަކުން ކިޔެވި ނަމަވެސް ދިވެހި ޤައުމަށް ޚިދުމަތް ކުރުމަކީ އެންމެ އިސް ވާޖިބުކަމުގައި ހެދުމަށް ރައީސް ޞާލިޙް އެދިވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

ރައީސްގެ އެވޯޑް ލިބޭ ކުދިންނަށް ސަރުކާރުން ހުޅުވާލި އިތުރު ފުރުޞަތުތަކާއިއެކު ދަރިވަރުންނަކީ ކޮންމެ ދާއިރާއަކުން ކިޔެވި ނަމަވެސް ދިވެހި ޤައުމަށް ޚިދުމަތް ކުރުމަކީ އެންމެ އިސް ވާޖިބުކަމުގައި ހެދުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. 

އެކަމަސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގަތީ ީ 2018ވަނަ އަހަރު ޖީސީއީ އޭ-ލެވެލް އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސޮކްލަރޝިޕް ލިބުނުކަމުގެ ލިޔުން ޙަވާލުކޮށްދެއްވުމަށް ސްޓެލްކޯ އޮޑިޓޯރިއަމްގައި މިއަދު ހަވީރު ބޭއްވެވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ "ތިޔަ ދަރިވަރުންގެ ކިބައިން އަޅުގަނޑު މިއަދު އެދެނީ، ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމް ޙާޞިލްކުރި ކަމުގައި ވިޔަސް، ދިވެހި ޤައުމަށް ޚިދުމަތް ކުރުމަކީ، ތިޔައިން ކޮންމެ ކުއްޖެއްގެ އެންމެ އިސް ވާޖިބުކަމުގައި ހެދުމަށް. ތިޔައިގެ ތެރެއިން ހަމަ ކޮންމެ ދަރިއަކީ، މި ޤައުމަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ކުއްޖެއް. އަންނާން އޮތް ޖީލަށް މި ޤައުމު ގެންގޮސްދޭނެ ބައަކީ ހަމަ ތިއަ ދަރިވަރުން." ކަމަށެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މީގެ ކުރިން ރައީސްގެ އެވޯރޑް ލިބޭ ދަރިވަރުން ކިޔަވަން ޖެހެނީ، ސަރުކާރުން ކަނޑައަޅާފައި ހުންނަ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް ދާއިރާއަކުންކަމަށާއި، ނަމަވެސް މިހާރުވާނީ އެ އުޞޫލު ބަދަލުކުރައްވާފައި ކަމުގައެވެ. އެގޮތުން މިއަހަރުން ފެށިގެން ރައީސްގެ އެވޯޑް ލިބޭ ދަރިވަރުންނަށް، އެކުދިން ބޭނުން ދާއިރާއަކުން، ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާގޮތަށް އުސޫލު ބަދަލު ކުރައްވާފައިވާކަމަށެވެ. 

"ދެން ސަރުކާރުން ބަދަލު ގެނައީ ހައި އެޗީވަރސް ސްކޮލަޝިޕްގެ އުޞޫލުތަކަށް. މީގެ ކުރިން ހައި އެޗީވަރސް ސްކޮލަޝިޕް ދެމުން އައީ ވަކި ދާއިރާތަކަކުން އަދި ވަރަށް މަދު ޤައުމުތަކަކުން. ނަމަވެސް ސަރުކާރުން މިހާރު ހަމަޖައްސާފައި ވާނީ އޯ.އީ.ސީ.ޑީ ޤައުމުތަކުން ވެސް އެ ދަރިވަރުންނަށް ކިޔެވޭ ގޮތަށް." 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ސަރުކާރުން މި ގެނައި ބަދަލާ ގުޅިގެން، ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލްކުރާ ދަރިވަރުންނަށް، އިތުރު 36 ޤައުމަކުން ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށާއި އެއިގެ ތެރޭގައިވެސް ގިނައީ، ޔޫރަޕްގެ ޤައުމުތަކާއި، އެމެރިކާ އާއި އޭޝިއާގެ ކުރިއަރާފައިވާ އެހެން ބައެއް ޤައުމުތައްކަމަށެވެ. އަދި، މި ދެ ބަދަލަކީ ވެސް ޒުވާން ޖީލު ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ.

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް