އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިނޭންސް މިނިސްޓްރީގެ ޚިދުމަތްތައް ޒަމާނީކޮށްފި!

ފިނޭންސް މިނިސްޓްރީގެ ޚިދުމަތްތައް ޒަމާނީކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ފިނޭންސް މިނިސްޓްރީގެ ހިދުމަތްތައް ޒަމާނީކޮށް ހަ ޕޯޓަލްއެއް ތައާރަފުކޮށްފިއެވެ.

މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ތައާރަފުކުރި  ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އެސްއެމް އެސް، އީމެއިލް ޕޯޓަލް، ޕޭރޯލް ރަޖިސްޓާ، އެސްއޭޕީ ޔޫސާ ފޯމް، އެސް އޯ އީ ގޭޓްވޭ، ޕީބީސީ އަދި ޕީއެސްއައިޕީ ޕޯޓަލް އެވެ.

އެސްއެމްއެސް އާއި އީ-މެއިލްގެ ހިދުމަތަކީ ދައުލަތުން ފައިސާ ދޭން ޖެހޭ ފަރާތްތަކަށް އެ ފަރާތްތެއްގެ އެކައުންޓަށް ޖަމާވުމުން އެސްއެމްއެސް އާއި އީމެއިލްގެ ޒަރީއާއިން އަންގައިދޭ ހިދުމަތެކެވެ. ޕޭރޯލް ރަޖިސްޓަރގެ ޚިދުމަތަކީ ދަޢުލަތުން މުސާރަ ދޭން ޖެހޭ ހުރިހާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލައި ބެލަހައްޓާ ހިދުމަތެކެވެ. އެސްއޭޕީ ޔޫސާ ރިކުއެސްޓް ފޯމަށް ގެނައި ބަދަލާ އެކު ދަޢުލަތުގެ މުއައްސަސާތަކުން ޔޫސާ ރިކުއެސްޓް ފޯމު ފޮނުވުމުގެ ބަދަލުގައި ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓް ފޮނުވައި، ފޯމުގެ ކޮންމެ މަރުހަލާއެއްގެ ސްޓޭޓަސް އަޕްޑޭޓް ބެލޭނެ އެވެ. ދައުލަތުގެ ކުންފުނިތަކުގެ މަޢުލޫމާތު އެއްތަނަކުން ލިބޭނެ މަގުފަހިވެ، ކުންފުނިތަކުގެ މަޢުލޫމާތުތަކުގެ ތެރެއިން ރައްޔިތުން ބޭނުންވާ މަޢުލޫމާތު ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ބެލޭ ހިދުމަތަކީ އެސްއީގޭޓްވޭ އެވެ. ބީޕީސީ މޮޑިއުލް ލައިވްކޮށް ސަރުކާރުގެ އޮފީސްތަކަށް ލައިވް ކުރެވޭނެއެވެ. އަދި ޕީއެސްއައިޕީ ޕޯޓަލްއިން ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތައް ކުރިއަށް ދާގޮތުގެ އެންމެ ފަހުގެ މަޢުލޫމަތު އެއްތަނަކުން ފެންނާނެއެވެ.

މި ހިދުމަތްތައް ތައާރަފުކޮށްދެއްވީ ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމްއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު