އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސްގެ ވެރިކަމުގަ ރައީސް ކުރައްވާ ކަންކަމާ ގުޅިގެން ނެރޭ ބަޔާންތަކުގެ މައްސަލަތައް ފަހުން ނުބެލޭނަމަ ދެން ވާނީ ކިހިނެއް؟

ރައީސްގެ ވެރިކަމުގަ ރައީސް ކުރައްވާ ކަންކަމާ ގުޅިގެން ނެރޭ ބަޔާންތަކުގެ މައްސަލަތައް ފަހުން ނުބެލޭނަމަ ދެން ވާނީ ކިހިނެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަމަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ ވެރިން މަޤާމުތަކުގައި ތިބެގެން ނެރޭ ބަޔާންތަކަކީ 100 އިންސައްތަ ޞައްޙަ ބަޔާންތައް ކަމަށް ބަލައި ފަހުން އެ މައްސަލަ ނުބެލޭނެ ނަމަ ރާއްޖޭގައި ވެރިކަން ކުރާ އެއްވެސް ވެރިއެއްގެ އެއްވެސް މައްސަލައެއް ބެލުމުގެ އެއްވެސް ބޭނުމެއް އެބަ އޮތްކަމާއިމެދު މިވަނީ ސުވާލު އުފެދިއެވެ. 

މިފަދަ ސުވާލުތަކުގެ އަޑު ގަދަވީ ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިއަ ޝަރީޢަތުގައި ރައީސް ޔާމީނުގެ ވަކީލުން، ރައީސް ޔާމީނުގެ ވެރިކަމުގައި އަލްޖަޒީރާ ޓީވީން ގެނެސްދިން ރިޕޯޓާއި ގުޅިގެން އެމްއެމްއޭ އިން އެއިރު ނެރުނު ބަޔާން އެއީ ބިޔަ ހެއްކެއްގެ ގޮތުގައި ދައްކަން އުޅުމުންނެވެ. 

އެމްއެމް އޭއަކީ ރާއްޖޭގެ ފަޅުތަކާއި ރަށްތައް ވިއްކާލައި އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާ ބޭންކިންގ ނިޒާމްގެ ބޭރުން ބޭންކް އޮފޮ މޯލްޑިވްސް މެދުވެރިކޮށް އެސްއޯއެފް މެދުވެރިވެގެން ހިންގަމުން ގެންދިއަ މާލީ ޖަރީމާތަކުގައި އެންމެ ބޮޑަށް އެހީތެރިވެދީފައިވާ މުއައްސަސާކަން މިހާރު ދަނީ ހާމަވަމުންނެވެ. އެހެންކަމުން އެފަދަ މުއައްސަސާއަކުން އެއިރު ނެރޭ ބަޔާނެއް ބަލައިގަންނަންވެސް ބޭނުން ނޫންކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ. 

"ރައީސް ޔާމީނުގެ ވަކީލުން އެމްއެމްއޭގެ އެ ބަޔާނުގެ ވާހަކަ މިއަދު ކޯޓުގައި ދައްކައި އެކަން ހުއްޖަތަކަށް ހަދައި ޝަރީޢަތުގެ މިސްރާބު ބަދަލުކުރަން އުޅުނުއިރު ވަކީލުން ނުބަލައްވާ ރައީސް ޔާމީން ދެއްވި ބަޔާންތަކަކަށް. އަދީބަކީ ޚާލިދު ބުނި ވަލީދު ކަމަށާއި 500 ޕަސަންޓް އިތުބާރުކުރައްވާ ކަމަށް ރައީސް ވިދާޅުވެ ދެއްވި ބަޔާންތައް ހުއްޓައި ނޫންތޯ އަދީބް ހައްޔަރުކުރީވެސް. މަތި މައްޗަށް ޙުކުމް ކުރީވެސް. އެހެންވީމާ އެބަ އެނގޭ ނޫންތޯ ބަޔާނެއް ދިނުމަކީ އެބަޔާނަކީ ސައްތައިން ސައްތަ ޞައްޙަ އެއްޗަކަށް ނުވާކަން. އެއީ ރައީސް ޔާމީން ދެއްވި ބަޔާނަށްވީ ގޮތް. ދެން އެހެންވީއިރު އެމްއެމްއޭ އިން ނެރޭ ބަޔާނަށް ވާނީ ކިހިނެއް؟" ކަމާއިމެދު ޝަރީއަތް އަޑުއެހުމަށްފަހު ބައެއް މީހުން ވަނީ ސުވާލު އުފައްދައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް