އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގަ ތިބި ހުނަރުވެރި ޒުވާނުންނަށް ފުރުޞަތު ނުދޭނަމަ އެހުނަރު ބޭނުންކުރެވޭނީ ގެއްލުން ހުރި ކަމެއްގަ: ޝައިޚް އަނީލް

ރާއްޖޭގަ ތިބި ހުނަރުވެރި ޒުވާނުންނަށް ފުރުޞަތު ނުދޭނަމަ އެހުނަރު ބޭނުންކުރެވޭނީ ގެއްލުން ހުރި ކަމެއްގަ: ޝައިޚް އަނީލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ތަފާތު މެޝިނަރީތައް އުފެއްދުމުގެ ޤާބިލުކަން ހުރި ޒުވާނުން ރާއްޖޭގައި އެބަތިބި ކަމަށާއި އެފަދަ ހުނަރުވެރިންގެ ހުނަރުތައް ފައިދާހުރި ގޮތަކަށް ބޭނުން ނުކުރެވޭނަމަ، އެހުނަރު ބޭނުންކުރެވޭނީ ގެއްލުން ހުރި ކަމެއްގައި ކަމަށް ޝައިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

"އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައި އަމިއްލައަށް މިފަދަ މެޝިނަރީ ހަދާލެވޭ ފަދަ ހުނަރުވެރިން މަދެއް ނޫން. އެފަދަ ހުނަރުވެރި ކުދިންގެ ހުނަރު ދައްކާލުމަށް ބޭނުންވަނީފުރުސަތެއް. ފައިދާހުރި ގޮތަކަށް އެހުނަރުތައް ބޭނުން ނުކުރެވޭނަމަ، އެހުނަރު ބޭނުންކުރެވޭނީ ގެއްލުން ހުރި ކަމެއްގައި."

ޝައިޚް އަނީލް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވާއިރު ތައުލީމީ، ހުނަރުވެރި ޒުވާނުންނަށް ދެވޭ ސަމާލުކަމަށްވުރެ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާ ޒުވާނުންނަށް ސަރުކާރުންދޭ ފުރުޞަތު ތަކާއި މުސާރަ އިންތިހާއަށް ބޮޑުކަން ގިނަ ބައަކު ގެންދަނީ ފާހަގަކުރަމުންނެވެ.

"އަޅުގަނޑުމެން ބޮޑުވެގެން އައި ދުވަސްވަރު ކިޔެވުމުގެ މާބޮޑު ބޭނުމެއް ނޯވޭ. ވަތަށް އެރި ދިޔަ ހިއްކައިލެވޭވަރުވީމާ މަހަށްދާން ފަށަން ޖެހޭތީ. މަހަށް ދިއުމުން ލިބޭ އާމްދަނީ ކަތީބުންނަށް ލިބޭ މުސާރައަށްވުރެ މާބޮޑުވީމަ. މިއަދު ވެސް މިފެންނަނީ އެއް ކަމެއް. ކިޔެވުމުގެ އެއްވެސް ބޭނުމެއް ނެތް.

ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕރޮފެސަރުންގެ ގޮތުގައި ތިއްބެވި ރާއްޖޭގެ އެންމެ ބޮޑެތި ޢިލްމުވެރިންނަށް މަހަކު 20000 ރުފިޔާ، ސިޔާސީ ކަމެއްގައި ހަރަކާތްތެރިވީމާ މަހަކު 35000 ރުފިޔާ އާ އެތައް ބައިވަރު އިނާޔަތްތައް. ކޮބާ ކިޔެވުމުގެ ބޭނުމެއް. އަޑުގަދަކޮށް ލަދު ހަޔާތް ގޮވަން ދަސްކުރުން މާރަނގަޅެއްނު." މިއީ އުމުރުން ދުވަސްވީ މީހަކު ބުނެފައިވާ ބަސްކޮޅެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް