އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ކުއްޖަކީ އުންމަތް ފަޚުރުވެރިވާ ފަދަ ކުއްޖެގެ ގޮތުގަ ތަރުބިއްޔަތުކުރަން ބިސްމި ކިޔައި ފަށަމާ!: ޝައިޚް އަނީލް

ކޮންމެ ކުއްޖަކީ އުންމަތް ފަޚުރުވެރިވާ ފަދަ ކުއްޖެގެ ގޮތުގަ ތަރުބިއްޔަތުކުރަން ބިސްމި ކިޔައި ފަށަމާ!: ޝައިޚް އަނީލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 31 ސިކުންތު

"ދިރާސީއާއަހަރު ފެށޭއިރު އެންމެހާ މުދައްރިސުންނާއި ބެލެނިވެރިން ތެދުވެރި ނިޔަތަކާ، އާ ޢަޒުމަކާއެކު ކުރިމަތި ލައްވާށެވެ. މުޙައްމަދު صلى الله عليه وسلمގެ އުއްމަތް ފަޚުރުވެރިވާފަދަ މުސްލިމް ދަރިއަކު ކަމުގައި ކޮންމެ ކުއްޖަކުވެސް ތަރުބިއްޔަތު ކުރަން بسم الله ކިޔައި ފަށަމާ ހިނގާށެވެ." –ޝައިޚް މުޙައްމަދު އަނީލް 

ޝައިޚް އަނީލްގެ މިބަސްފުޅުން އެނގިގެންދަނީ ރަސޫލް صلى الله عليه وسلم ގެ އުންމަތް ރާއްޖޭގައި މިއަދު އޮތް ޙާލަތެވެ. އެހާލަތު ބަދަލުކޮށް ރަސޫލް صلى الله عليه وسلم ގެ އުންމަތް ފަޚުރުވެރިވާ ފަދަ ޖީލެއް ބިނާކުރުމުގެ މަސައްކަތް މުޅިން އައު ފެށުމަކުން ފަށަން ޖެހިފައިވާ ކަމެވެ. އެކަމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުން ތެދުވެރި ނިޔަތަކާއި އައު އަޒުމަކާއިއެކު ކުރިމަލާން ޖެހިފައިވާ ކަމެވެ. 

ގިނަ ބެލެނިވެރިންނާއި މުދައްރިސުން ޤަބޫލުކުރާ ގޮތުގައި އެމީހުން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް ރަސޫލް صلى الله عليه وسلم ގެ އުންމަތް ފަޚުރުވެރިވާ ފަދަ ދަރިން ތަރުބިއްޔަތުކުރެވޭނީ އެކަމަށް ހުރި ޤާނޫނީ ހުރަސްތައް ނައްތައިލެވިގެންނެވެ. ތައުލީމީ ވަޒީރާއި ތައުލީމީ ވަޒީރުގެ މައްޗަށް ބަސްކިޔާ ތައުލީމީ ވަޒީރު ﷲ ތަޢާލާއަށް ބިރުވެތިވެގެންނެވެ. އެމްޑީއެން އާއި އެލެކްސްގެ ފިކުރުން ޤައުމީ މަންހަޖު ސަލާމަތްކުރެވިގެންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް