އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާސްކް ފަދަ ތަކެތި ކުއްލިއަކަށް އަގުބޮޑުކުރާ މީހުން، ﷲ އަށް ބިރުވެތިވާން ޝައިޚް އަނީލް އިލްތިމާސްކުރައްވައިފި

މާސްކް ފަދަ ތަކެތި ކުއްލިއަކަށް އަގުބޮޑުކުރާ މީހުން، ﷲ އަށް ބިރުވެތިވާން ޝައިޚް އަނީލް އިލްތިމާސްކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

ފެނަށް މުސްލިމުން ޖެހުނު ހިނދު، ޢުޝްމާންގެފާނު ޔަހޫދީންގެ ފެންވަޅެއް ބައްލަވައިގަނެ، ވަޤފަ ކުރެއްވެވިއެވެ. އަދި ވިޔަފާރި ޤާފިލާއެއްވެސް ބައްލަވައިގަނެ ވަޤްފް ކުރެއްވެވިއެވެ.  

މިއަދު މާސްކް ފަދަ ތަކެތި ޝަރުޢީ ޢިޒުރެއް ނެތި ކުއްލިއަކަށް އަގުބޮޑުކުރާ މީހުން، ﷲ އަށް ބިރުވެތިވެ މިކަމުން ޢިބްރަތް ޙާޞިލުކުރުން އެދެމެވެ!

- ޝައިޚް މުޙައްމަދު އަނީލް 

އެ ވިޔަފާރި ޤާފިލާ ވަޤްފް ކުރެއްވެވީ ބޭނުންފުޅު އަގަކަށް މަދީނާގެ ވިޔަފާރިވެރިންނަށް ވިއްކަވައިލެއްވެން އޮއްވައެވެ. އެމީހުން 3،4 ފަހަރުމަތިން އަގުލުފުމުން ވެސް ވިދާޅުވީ ތިއައަށްވުރެ މާބޮޑު އަގު ލިބެން އެބައޮތް ކަމަށެވެ.  

އެމީހުން ކަންބޮޑުވެ އެމީހުންނަށް ވިއްކަވައިލެއްވެވުމަށްވުރެ، ނުވަތަ އެމީހުން ހުށަހަޅާ އަގަށްވުރެ ބޮޑު އަގެއް ދޭނީ ކާކުތޯ ސުވާލުކުރުމުން ޢުޘްމާންގެފާނު ވިދާޅުވީ ﷲ ކަމަށެވެ. އެހެނީ ކޮންމެ ހެޔޮ ކަމަކަށް ﷲ ތަޢާލާ 10 ސަވާބު ދެއްވަވާނެކަން އެނގެން އޮތް އިރު އިތުރު ކުރައްވަވާނެ ވަރެއް ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ.  

މިފަދަ ވާހަކަތަކަކީ އެންމެ ކުޑައިރުންސުރެ ސިޔަރަތުން އަޑުއަހާ ވާހަކަތަކެވެ. ހިތާމައަކީ ޢިބްރަތް ޙާޞިލުނުކުރެވޭ ކަމެވެ! 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް