އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯބިވެރިޔާ ހާޞިލުކުރަން ލޯބިވެރިޔާގެ ފިރިމީހާއަށް ހަތްދިހަ އެއް ކަންބަޅި ބަކަރި ދޭން ޖެހުނު މައްސަލައެއް ޕޮލިހަށް!

ލޯބިވެރިޔާ ހާޞިލުކުރަން ލޯބިވެރިޔާގެ ފިރިމީހާއަށް ހަތްދިހަ އެއް ކަންބަޅި ބަކަރި ދޭން ޖެހުނު މައްސަލައެއް ޕޮލިހަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

ލޯބިވެރިޔާ ހާޞިލުކުރަން ލޯބިވެރިޔާގެ ފިރިމީހާއަށް 71 ކަންބަޅި ބަކަރި ދޭން ޖެހުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

އިންޑިއާގެ ގޮރަޚްޕޫރުގެ އަންހެނަކު އޭނާގެ ފިރިމީހާ ދޫކޮށް ލޯބިވެރިޔަކާއިއެކު ދިއުމުން ފިރިމީހާ ޕަންޑިތަށް މައްސަލަ ހުށަހެޅުމުން މައްސަލަ ބެލުމަށްފަހު ޕަންޑިތު ނިންމީ ލޯބިވެރިޔާ، އަންހެން މީހާގެ ފިރިމީހާއަށް ބަދަލެއްގެ ގޮތުން 71 ކަންބަޅި ބަކަރި ދިނުމަށެވެ. ނޫން ނަމަ އަންހެން މީހާ ފިރިމީހާގެ ގާތަށް ދިއުމަށެވެ.

3 މީހުން ވެސް ޕަންޑިތު ކުރިމަތީގައި އެގޮތާއި އެއްބަސްވެ މައްސަލަ ހައްލުކުރަން އެއްބަސްވިއެވެ. ލޯބިވެރިޔާ ބޭނުންވީ 71 ކަންބަޅިބަކަރި ދީފައިވެސް އަންހެން މީހާ އާއިއެކުގައި އުޅުމަށެވެ.

މައްސަލަ އުފެދުނީ ލޯބިވެރިޔާގެ ބައްޕަ އެކަމަސް ދެކޮޅު ހެދުމުންނެވެ. ބައްޕަ ބުނަނީ ކަންބަޅި ބަކަރިތައް ހޯދަންވެގެން ހަދަން އުޅޭ ޑީލެއް ކަމަށެވެ. ބައްޕަ މިހާރު ވަނީ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައެވެ. އެންމެންވެސް ތިބީ ފުލުހުން މައްސަލަ ނިންމާނެ ގޮތެއްގެ އިންތިޒާރުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް