އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓްރީޓޮޕް ހޮސްޕިޓަލުގައި ކުރި އެންމެ ބޮޑު އޮޕަރޭޝަން! އަންހެނެއްގެ ކަންފަތުގެ އިވުން އެއްކޮށް ރަނގަޅުކޮށްފި!

ޓްރީޓޮޕް ހޮސްޕިޓަލުގައި ކުރި އެންމެ ބޮޑު އޮޕަރޭޝަން! އަންހެނެއްގެ ކަންފަތުގެ އިވުން އެއްކޮށް ރަނގަޅުކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

އަމިއްލަ ފަރާތަކުން ހުޅުމާލެގައި ހިންގާ ޓްރީ ޓޮޕް ހޮސްޕިޓަލުން މިހާތަނަށް ހިންގި އެންމެ ބޮޑު އޮޕަރޭޝަން ކާމިޔާބު ކޮށްފިއެވެ. އެގޮތުން އެހޮސްޕިޓަލުން ވަނީ އަންހެނެއްގެ ކަންފަތުގެ އިވުން އެއްކޮށް ރަނގަޅު ކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ކަންފަތުގެ އޮޕަރޭޝަން އެހޮސްޕިޓަލުގައި ކޮށްފައިވަނީ މެދު އުމުރުގެ ދިވެހި އަންހެނެއްގެއެވެ. 

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އީއެންޓީ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމަކުން ކުރި މި އޮޕަރޭޝަންގައި އެ އަންހެން މީހާގެ އެއް ކަންފަތުގެ އިވުން އެއްކޮށް ރަނގަޅުކުރެވިފައިވާކަމަށާއި އޭނާ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވެއެވެ. އަދި ކައިރި މުސްތަޤުބަލެއްގައި އޭނާގެ ދެވަނަ ކަންފަތްވެސް އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދުމުގެ ކުރިން އެ އަންހެން މީހާ އަވަށްޓެރި ސްރީ ލަންކާއާއި އިންޑިއާއިންވެސް ފަރުވާ ހޯދާފައިވެއެވެ. އަދި ކަންފަތުގައި އިވުމުގެ މައްސަލަ އުޅޭތާ 10ވަރަކަށް އަހަރުވެދާނެކަމަށްވެސް އޭނާއާ ހަވާލާދީ ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ