އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިލާ ކޮލެޖުގެ މުވައްޒަފުންގެ މެދުގައި ބާއްވާ ފުޓްސަލް މުބާރާތް ފަށައިފި

ވިލާ ކޮލެޖުގެ މުވައްޒަފުންގެ މެދުގައި ބާއްވާ ފުޓްސަލް މުބާރާތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ވިލާ ކޮލެޖުގެ މުވައްޒަފުންގެ މެދުގައި ބާއްވާ ފުޓްސަލް މުބާރާތް ފަށައިފިއެވެ.

ރޭ ފެށި މި މުބާރާތުގައި 8 ޓީމު ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ މުބާރާތުގައި ވީޓީވީގެ ދެ ޓީމަކާއި ވިލާ ކޮލެޖާއި ވިލާ ހަކަތައާއި ފްލައިމީ އާއި ވިލާ ޓްރެވަލްސް އާއި ސެކިއުރިޓީ އެޑްވާންސް ސޮލިއުޝަން (އެސްއޭއެސް) އަދި ވިލާ ސިމެންތި ޓީމު ވަނީ ބައިވެރިވެފައެވެ.

މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވި 8 ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ރޭ ވަނީ 4 މެޗު ކުޅެފައެވެ.

އެގޮތުން ގްރޫޕް އޭގެ ފުރަތަމަ މެޗު ފްލައިމީ އިން ކާމިޔާބުކުރީ ވިލާ ހަކަތަ ބައްދަލުކޮށް 4-3 ންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފްލައިމީގެ އަހުމަދު ޖަޒީލް އެވެ.

ދެވަނަ މެޗު ވީޓީވީ ޔުނައިޓެޑުގެ މައްޗަށް 1-4 ން ކުރިހޯދާ ކާޟިޔާބުކުރީ ވިލާ ކޮލެޖުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޮލެޖުގެ އަހުމަދު ރިފްއަތެވެ.

ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ވީޓީވީ އެފްސީ އާއި ވިލާ ސިމެންތި ބައްދަލުކޮށް 9 ލަނޑު 4 ލަނޑުން ކާމިޔާބުކުރީ ވީޓީވީ އެފްސީ އެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ވީޓީވީގެ ޝަރަފުއްދީން އަބްދުﷲ އެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ވިލާ ޓްރެވަލްސްއާއި އެސްއޭއެސް ބައްދަލުކޮށް 1-4 ލަނޑުން ކާމިޔާބުކުރީ ވިލާ ޓްރެވަލްސް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ވިލާ ޓްރެވަލްސްގެ ނާއިހު މުފީދެވެ.

ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރު ޝަރަފްވެރިކޮށްދެއްވި މި މުބާރާތް ބޭއްވުމުގެ މަޤުޞަދަކީ ވިލާ ގްރޫޕްގެ ހުރިހާ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، ހުރިހާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް އާލާކުރުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް