އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިޟްވާން މައްސަލައިގަ ރައީސް ނަޝީދު އާ ރައީސް ޞާލިޙްގެ ބަސްފުޅާ ދެއްވާ މައުލޫމާތު ތަފާތުވެއްޖެ!

ރިޟްވާން މައްސަލައިގަ ރައީސް ނަޝީދު އާ ރައީސް ޞާލިޙްގެ ބަސްފުޅާ ދެއްވާ މައުލޫމާތު ތަފާތުވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ: 

"މިހާތަނަށް މި ކޮމިޝަނުން ކުރެއްވި މަސައްކަތުގައި، ކޮމިޝަނުން އަޅުގަނޑަށް ޔަޤީންކަން ދެއްވާފައި އޮތީ، ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން ލިބެންޖެހޭ އެއްބާރުލުން މިހާތަނަށް ލިބެމުން އައި ކަމަށް. އަދި މިހާރުވެސް ލިބެމުން އަންނަ ކަމަށް. އެހެންވީމާ، މަސައްކަތްތައް ހަލުވިކޮށް ކުރިއަށް ގެންދިޔުމުގައި، ދަތިތަކެއް އޮތް ކަމަކަށް އަޅުގަނޑަކަށް ފާހަގައެއްނުކުރެވުނު.

އެހެންވީމާ، ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންނަށް އިއްޔެ ނިންމުނީ ވީހާވެސް އަވަހަކަށް ރިޕޯޓް ފުރިހަމަކޮށް، އަޅުގަނޑާ ހިސާބަށް ގެނައުމަށް. އަދި މިހާރުން މިހާރަށް ތަޙުޤީޤަށް ހާޒިރު ކުރަންޖެހޭ މީހެއް ހުރިކަމަށްވަންޏާ ހާޒިރުކުރުން. އަދި ބަންދުކޮށްގެން ހާޒިރުކުރަންޖެހޭ މީހެއް ހުރެއްޖިއްޔާ އެކަންވެސް ކުރިއަށް ގެންދިޔުން. އަދި އެކަމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުން ކޮމިޝަނަށް ލިބުމަށް. އަދި އެކަން ކަށަވަރު ކުރުން އެއީ އަޅުގަނޑުގެ ކަމެއްގެ ގޮތުގައި. 

އެހެންވީމާ، އަޅުގަނޑު ކޮމިޝަނަށާއި، ތިޔަ ހުރިހާ ބޭފުޅުންނަށް ޔަޤީންކޮށް މި އަރުވަނީ، އެއީ ފުލުހުން ކަމަށްވިޔަސް، ޑިފެންސް މިނިސްޓްރީން ކަމަށްވިޔަސް، ބަންޑާރަ ނައިބު ކަމަށްވިޔަސް، މި ހުރިހާ ފަރާތްތަކުން ކޮމިޝަނަށް ލިބެންޖެހޭ އެއްބާރުލުން ލިބުމުގެ ޔަޤީންކަން އަޅުގަނޑު ކަށަވަރުކުރާނަމޭ. އެ އަޅުގަނޑު ހޯދައިދޭނެ ވާހަކަ." 

ރައީސް އިބްރާހީމް މުޙައްމަދު ވަރަށް ސާފުކޮށް ވިދާޅުވެފައިވަނީ ރިޔާސީ ކޮމިޝަނަށް ލިބެން ޖެހޭ އެއްބާރުލުން ހުރިހާ މުއައްސަސާތަކުން ވެސް ލިބެމުންދާ ކަމަށެވެ. ފުރަތަމަ ވެސް ލިބުނު ކަމަށާއި މިހާރުވެސް ލިބެމުން އަންނަ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދާދިފަހުން ވެސް ވިދާޅުވީ ފުލުހުންގެ އެއްބާރުލުން އަދިވެސް ރިޔާސީ ކޮމިޝަނަށް ލިބެމުން ނުއަންނަ ކަމަށެވެ. 

ރައީސް ނަޝީދު ދައްކަވާ ކޮންމެ ވާހަކަފުޅަކާއި ގުޅިގެންވެސް ތަފާތު އޮޅުންތައް އަރާ ކަމަށް ބުނެ ރައްޔިތުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް