އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނަސްގެ މަރަށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރާނަން: ރައީސް ޞާލިޙް

އަނަސްގެ މަރަށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރާނަން: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ރަހުމްކުޑަ ގޮތަކަށް ވަޅިން ހަމަަލާދީ މަރާލި ރ. މީދޫ/ފެންފިޔާޒްގޭ މުޙައްމަދު އަނަސް ގެ މަރަށާއި އޭނާގެ އާއިލާއަށް އިންސާފު ހޯއްދަވާ ދެއްވަން މަސައްކަތްޕުޅު ކުރައްވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު އެމަނިކުފާނު ވަނީ މީދޫއަށް ވަޑައިގެންފައެވެ. އެރަށުގެ ރައްޔިތުންވަނީ ރައީސް ޞާލިޙާއި ވަކިން ބައްދަލުކޮށް، އަނަސްގެ މަރުގެ މައްސަލަ ފާހަގަ ކުރައްވާ އެމައްސަލަ ބައްލަވައި ދެއްވާ އިންސާފު ހޯއްދަވާ ދެއްވުމަށް އެދިދަންނަވާފައެވެ.

އަނަސްގެ އާއިލާއަށާއި އެރަށުގެ ރައްޔިތުންނަށް ހިތްވަރު ދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެމައްސަލަ މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލަމުންގެންދަވާ ކަމަށާއި، އަނަސް އާއި އޭނާގެ އާއިލާއަށް އިންސާފު ހޯއްދަވާދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށެވެ.

އެމްޓީސީސީ ފެރީއެއްގައި ކައްޕިއަކަށް އުޅުނު މުޙައްމަދު އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ މަރާލީ މާލޭގައި ހުންނަ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި، ގްރޫޕަކުން އައިސް ތޫނުއެއްޗަކުން ހަމަލާދީއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ