އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައުނާގެ ޖަނާޒާގައި އެތައް ބަޔަކު ބައިވެރިވި، މިއީ ހިތްތަކުން ފިލައިގެން ނުދާނެ ހާދިސާއެއް!

ޝައުނާގެ ޖަނާޒާގައި އެތައް ބަޔަކު ބައިވެރިވި، މިއީ ހިތްތަކުން ފިލައިގެން ނުދާނެ ހާދިސާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، ގޭގައި ތާށިވެ ނިނުކެވުމުގެ ސަބަބުން ވަރަށް ބޮޑަށް އަނދައިގެން، ނިޔާވި ތ. ބުރުނީ/ފެންފިޔާޒުގޭ އާއިޝަތު ޝައުނާ (46އ.) ގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ބާއްވައިފިއެވެ.

       

އިސްލާމީ މަރުކަޒުގައި ޝައުނާގެ ކަށުނަމާދު ބާއްވާފައިވާއިރު، އޭނާގެ ކަށުނަމާދުގައި ވެސް އެތައް ބަޔަކު ބައިވެރިވެ އެމަރުކަޒު ފުރާލިއެވެ. އަދި ޝައުނާގެ ހަށިގަނޑު ވަޅުލުމުގައި ވެސް ގިނަ އަދަދެއްގެ ފިރިހެން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ހެންވޭރުގައި ޓިނުން ހަދާފައި ހުރި ކެމިކަލް ގުދަނެއްގައި ރޯވުމުގެ ސަބަބުން، އެގުދަން އެއްކޮށް އަނދާހުލި ވެފައިވާއިރު، ކައިރީގައި ހުރި އިތުރު ހަތް ގެއެއްގައި ވެސް ރޯވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ޝައުނާ އެވަގުތު ހުރީ އޭގެތެރެއިން އެއްގޭގައި، ނުނިކުމެވިފައެވެ.

          

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި، ޝައުނާގެ ހަށިގަނޑު ފެނުން އިރު، އޭނާގެ ސިފަވެސް ވަކި ނުވާވަރަށް ވަނީ އަނދާފައެވެ.

ދަރުމަވަންތަ ސްކޫލްގެ ޤުރްއާން މުދައްރިސެއް ކަމަށްވާ ޝައުނާ އަކީ އިސްލާމިކް ޔުނިވާސިޓީން ދާދި ފަހުން ގްރެޖުއޭޓްވެފައިވާ ދަރިވަރެއްވެސް މެއެވެ.

މާތް ﷲ ޝައުނާގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާ، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި އާއިލާއަށް ހިތްވަރާއި ކެތްތެރިކަން ވެސް މިންވަރު ކުރައްވާށި. އާމީން.

إنا لله وإنا إليه راجعون

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ