އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޞާލިޙް ފުރާވަޑައިގަތީ އަލިފާނުގެ ހާދިސާ އާ ގުޅިގެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ފުރިހަމަކުރައްވާފަ!: ހަސަން ލަޠީފް

ރައީސް ޞާލިޙް ފުރާވަޑައިގަތީ އަލިފާނުގެ ހާދިސާ އާ ގުޅިގެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ފުރިހަމަކުރައްވާފަ!: ހަސަން ލަޠީފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

އދ ގެ ޖަލްސާގައި ތަޤްރީރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ހަވީރު ފުރާވަޑައިގަތީ ހުކުރު ދުވަހުގެ ރޭ މާލޭގައި އަލިފާނުގެ ބޮޑު ހާދިސާ އާއި ގުޅިގެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ފުރިހަމަކުރެއްވުމަށްފަހުގައި ކަމަށް ހަސަން ލަޠީފް ވިދާޅުވެއްޖެއެވެ.  

މަޖިލީހުގައި ޙަސަން ލަޠީފް މިއަދު ވިދާޅުވީ ރައީސް ފުރާވަޑައިގަތުމުގެ ކުރިން ވަނީ ކަންކަން އެންމެ ގާތުން ބައްލަވައި މަޝްވަރާކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަމުގައި މަޝްވަރާ ކުރައްވައި ކަންކަން ކުރަންޖެހޭ ފަރާތްތަކާއި ކަންކަން ކުރަން ޙަވާލުކުރައްވާފައި ކަމަށެވެ. އެހެންކަމުން އެމަނިކުފާނު މިވަގުތު ރާއްޖޭގައި ނެތުމަކީ އަލިފާނުގެ ހާދިސާއާއި ގުޅިގެން އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް އެޅުމަށް އަދި ކުރަން ޖެހޭ އެއްވެސް ކަމެއް ކުރުމަށް އެއްވެސް ވަރެއްގެ ހުރަހެއް ނޫން ކަމަށެވެ.  

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފުރާވަޑައިގަންނަވަން ކުރިން ހަމަޖެހިފައި އޮތީ އިއްޔެ ހެނދުނު އެވެ. ނަމަވެސް އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެމަނިކުފާނު ފުރާވަޑައިގަތީ ހަވީރުއެވެ. ހާދިސާ ހިނގުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުންގެ ބައްދަލުވުމެއް ހަމަ އެރޭ ދަންވަރު ބާއްވަވައިފައެވެ. އަދި ހެނދުނު ވަނީ ކަމާއި ގުޅުން ހުރި ފަރާތްތަކާއި ބައްދަލުކުރައްވައި ކަންކަން ކުރަންޖެހޭނެ ގޮތުގެ އިރުޝާދު ދެއްވައިފައެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް