އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 10 ސިކުންތު
11:22: ސިވިލް ކޯޓުގެ ހުކުމަކަށް ރިއާޔަތްކޮށް ދިފާއުން ބުނީ އެސްއޯއެފް އާއި އެމްއެމްޕީއާރްސީއާ ދެމެދު ސައްހަ 10 މިލިއަން ޑޮލަރުގެ މުއާމަލާތް ހިންގާފައިވާކަން އެނގޭ ކަމަށް
11:23: އޭގެ އިތުރުން އެސްއޯއެފުން ކުރި ހުރިހާ މުއާމަލާތްތަކަކީ ގާނޫނާ ހިލާފު މުއާމަލާތް ކަމަށް އެއްވެސް ކޯޓަކުން ކަނޑައަޅާފައި ނުވާކަން ވަނީ ފާހަގަކޮށްފައި
11:29: ދިފާއުން ބުނެފައި ވަނީ މައްސަލަ ސާބިތު ކުރެވޭނެ ވަރުގެ އެއްވެސް އެއްޗެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް
11:36: ދިފާއުން އިތުރަށް ބުނީ އެސްކްރޯ އެކައުންޓެއްގައި ފައިސާ ބަހައްޓަން ހުށަހެޅީ ޔާމީން ކަމުން، އެކަމުން އެމަނިކުފާނުގެ ނިޔަތް ރަނގަޅުކަން ސާފުވާ ކަމަށް
11:54: ދިފާއުން ތުހުމަތު ކުރާ ގޮތުގައި އެކައުންޓަށް ޖަމާ ކުރި ފައިސާއަކީ ހިޔާނާތުގެ ފައިސާކަން އޭސީސީން ނިންމާފައި ނުވާއިރު، އެފަދަ ދައުވާއެއް ކުރުމަކީ އޭސީސީގެ ތަހުގީގަށް ނުފޫޒު ފޯރުވުމުގެ އަމަލެއް
12:25: އެފައިސާ އަކީ ގާނޫނާއި ޚިލާފު ފައިސާއެއްކަން ދައުލަތުން ހުށަހެޅި ހެއްކަކުން ވެސް އަދި ކިތާބީ ހެއްކަކުން ވެސް ސާބިތު ކުރެވިފައެއް ނުވޭ- ދިފާއީ ވަކީލު
Advertisement
25 ސެޕްޓެމްބަރ 2019