އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީންގެ ޝަރީޢަތް: ޔާމީންގެ ވާހަކަފުޅަށްފަހު މިއަދުގެ ޝަރީޢަތުގެ މަޖިލިސް ނިންމާލައިފި

ރައީސް ޔާމީންގެ ޝަރީޢަތް: ޔާމީންގެ ވާހަކަފުޅަށްފަހު މިއަދުގެ ޝަރީޢަތުގެ މަޖިލިސް ނިންމާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

12:40: މިމައްސަލައަކީ އޭސީސީން ނަގައިގެން އުޅޭ މައްސަލައެއް ނޫން. އޭސީސީން މިމައްސަލަ ބަލަން ބޭނުންނަމަ، ބަލާނެހާ ދުވަސްވެއްޖެ- ރައީސް ޔާމީން

 

12:42: މިފައިސާ އަކީ ނުރަނގަޅު ފައިސާއަކަށް ވެދާނެތީ، އަޅުގަނޑު އަމިއްލައަށް އެސްކްރޯ އެކައުންޓެއް ހެއްދެވީވެސް. އެއީ ވެސް މިފައިސާގައި ނުޖެހެން ވެގެން، ނުރަނގަޅު ފައިސާއަށް ވެދާނެތީ. އޭގެން ވެސް އެނގެނީ އަޅުގަނޑުގެ ހިތް ނިޔަތް ރަނގަޅުކަން- ރައީސް ޔާމީން

 

12:44: އަޅުގަނޑާއި ދެކޮޅަށް ދައުލަތުން ނެތް އެކަށީގެންވާ ހެއްކެއް ހުށަހެޅިފައެއް. އަދި އެކަން އަޅުގަނޑުގެ ވަކީލުން ވެސް އެކަން ވަރަށް ތަފްސީލުކޮށް ހާމަ ކުރައްވައިފި- ރައީސް ޔާމީން. އޭގެ އިތުރުން މިއީ މަނީ ލޯންޑަރިން ދައުވާ އުފުލޭވަރުގެ މައްސަލައެއްކަން ސާބިތުކޮށްދެވޭ ވަރަށް ދައުލަތަށް ހެކި ހުށަހެޅިފައެއް ނުވޭ- ރައީސް ޔާމީން

 

12:46: އަޅުގަނޑާއި އޭސީސީގެ ރައީސް މުއައްވިޒާއި ބައްދަލުވެވިފައެއް ވެސް ނުވެޭ

 

12:50: ދިފާއީ ވަކީލުން ބުނެފައިވަނީ ދައުލަތުގެ ހެކިން ކަމަށްވާ އަދީބާއި ޒިޔަތަކީ ޖިނާއީ ކުށް ސާބިތުވެފައިވާ ފަރާތްތައް ކަމުން އެ ފަރާތްތަކުގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް

 

12:51: ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ޝަފަވީ އަދި ކިތާބީ ހެކިތަކަށް ދައުވާ ލިބޭ ފަރާތުން އިންކާރުކޮށްފައި ވާތީ، އެ ހެކިތަކުގެ މިންވަރަށް ބަލާއިރު، އެއީ ކުށް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ޝަރީއަތުން ކަނޑައަޅައި ދިނުމަށް އެދިއްޖެ.

 

12:52: ދިފާއީ ހެކިން ހުށަހެޅުމަށް ބޭއްވުނު އަޑުއެހުން ނިމުނީ. ގާޒީ ހައިލަމް ވިދާޅުވީ ދެން އޮންނާނީ މިމައްސަލައިގެ ޚުލާސާ ބަޔާން އިއްވުން ކަމަށް. އެއަޑުއެހުން އޮންނާނީ އޮކްޓޯބަރ މަހުގެ 10ވަނަ ދުވަހު ކަމަށް ގާޒީ ވިދާޅުވި.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ