އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަހުގީގަށް ހަސަން ލުތުފީ ބަޔާން ދިން ވީޑިއޯ ޝަރީޢަތުން ބަލަން ނިންމައިފި

ތަހުގީގަށް ހަސަން ލުތުފީ ބަޔާން ދިން ވީޑިއޯ ޝަރީޢަތުން ބަލަން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑަރިން ދައުވާގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދޭން އިންކާރު ކުރެއްވި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީ، ފުލުހުންގެ ތަހުގީގަށް ކުރިން ބަޔާން ދެއްވިއިރު، ރިކޯޑު ކުރި ވީޑިއޯ ސީޑީ ބަލަން ޝަރީޢަތުން ނިންމައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މިމައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، ޝަރީޢަތުގެ މަޖިލީހުގައި ސީޑި ނުދައްކާނެ ކަމަށާއި ނަމަވެސް ޝަރީޢަތުގެ ބޭނުމަށް އެވީޑިއޯ ބަލަން ނިންމެވީ ކަމަށެވެ.

ދައުލަތުން ހެއްކެއްގެ ގޮތުގައި ލުތުފީގެ ނަން ހުށަހެޅި ނަމަވެސް އޭނާ ފަހުން ވިދާޅުވެފައިވަނީ، ހެކިބަސް ނަގަން އުޅެނީ ބިރު ދައްކައިގެން ކަމަށެވެ. އަދި ކޯޓުގައި ހެކިބަސް ދެއްވުމަށް ވެސް އޭނާ އިންކާރު ކުރެއްވިއެވެ.

އެހެންކަމުން ދައުލަތުން އެދުނީ، މައްސަލައިގެ ތަހުގީގުގައި ލުތުފީ ފުލުހުން އޮފީހަށް ބަޔާން ދެއްވިއިރު ނަގާފައިވާ ވީޑިއޯ ހެކީގެ ގޮތުގައި ބަލައިގަތުމަށެވެ. ނަމަވެސް ޔާމީންގެ ފަރާތުން ކުރީގެ އަޑުއެހުންތަކުގައި ވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ.

މިއަދުގެ އަަޑުއެހުމުގައި އިސްގާޒީ ހައިލަމް ވަނީ ލުތުފީ ފުލުހުންނަށް ބަޔާން ދެއްވިއިރު ނަގާފައިވާ ވީޑިއޯގެ ސީޑީ ޝަރީޢަތުން ބަލަން ނިންމެވި ކަމަށް ވިދާޅުވެފައެވެ. ސީޑީ ބެލުމަށްފަހު، ތަހުގީގު ބަޔާނުގައި ބުނާ ކަންކަމާއި ގުޅޭ ގޮތުން އޭގައި ހުރި ވާހަކަތަކާއިބެހޭ ގޮތުން ސުވާލު ކުރުމުގެ ފުރުސަތު ދެއްވާނު ކަމަށާއި، އެކަމާއިމެދު ގޮތެއް ނިންމަވާނީ އޭގެ ފަހުން ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ