އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީނުގެ ވަކީލު، ޚުޠުބާ ކިޔާ ރާގަށް ބަޔާން އިއްޔުމުން އެކަން ފަނޑިޔާރު ހުއްޓުވައިފިއެވެ.
އެކަން ހުއްޓުވަމުން ފަނޑިޔާރު ވިދާޅުވީ ވަކީލަކީ އަލަށް ޝަރީޢަތުގެ މަޖިލީހަށް ވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށާއި ޝަރީޢަތުގެ މަޖިލީހުގައި ކަންކަން ކުރަން ޖެހޭ ގޮތް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ހުކުރު ޚުޠުބާ ކިޔުމާއި ކީރިތި ޤުރްއާން ކިޔެވުމަކީ ވަކި ޚާއްޞަ ރާގުތަކަކަށް ކުރަމުން ގެންދާ ކަންކަން ކަމަށްވާއިރު ރައީސް ޔާމީނުގެ ވަކީލު ހުކުރު ޚުޠުބާ ކިޔާ ރާގަށް ބަޔާން އިއްވީ ކޮން މަޤްޞަދެއް ޙާޞިލުކުރަންކަން އަދި ވަނީ ނުއެނގިފައެވެ.
ރައީސް ޔާމީނުގެ ވަކީލް އެ ގޮތަށް ކަންތައް ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ވަކީލަށް އަމާޒުކުރެވިފައެވެ.
This is it. This is the tweet. pic.twitter.com/ANe5YB4F23
— Refty (@Refty) September 25, 2019
Advertisement
25 ސެޕްޓެމްބަރ 2019