އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިކަހަލަ ދިވެހިންވެސް އުޅޭދޯ! ކީއްކުރާނީ ދޯ ދެން؟!

މިކަހަލަ ދިވެހިންވެސް އުޅޭދޯ! ކީއްކުރާނީ ދޯ ދެން؟!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު

ސޯޝަލް މީޑިއާއަކީ މިހާރު ވަރަށް ގިނަ ކަންކަމެއް ހާމަކޮށްދޭ ޕްލެޓްފޯމަަކަށްވާއިރު، ކޮންމެ ދުވަހަކު ވެސް ތަފާތު އެކި ކަންތައްތަކެއް އަންނަނީ އޭގެ އަހުލުވެރިންނަށް ފަޅާއަރަމުންނެވެ.

އެގޮތުން މިއަދު ސޯޝަލް މީޑިއާއިން ފެނުނު ވީޑިއޯއަކުން މުޅިން އަންތަރީސް ވެއްޖެއެވެ.

ވީޑިއޯ އިން ފެންނަނީ ޕާކު ކޮށްފައިހުރި ސައިކަލެއްގެ މަތީގައި ބިދޭސީ ފިރިހެނަކު އިށީންދެގެން އިންދާ، ދިވެއްސަކު ގޮސް އެބިދޭސީ މީހާގެ ގަޔަށް ފެންބާލިދީއެއް ޖަހާ ތެނާމާލާތަނެވެ.

ބިދޭސީމީހާ އޭނާގެ ރަށްޓެއްސަކާއެކު ސައިކަލު މަތީގައި އިށީންދެގެން އިނދެއެވެ. އިންދާ، އެސައިކަލުގެ ވެރިމީހާ ކަމަށް ބެލެވޭ ދިވެހިމީހާ ފެން ބާލިދީއަކާއި ތުވާއްޔެއް ހިފައިގެން ގޮސް، ބިދޭސީ މީހާގެ ގަޔަށް ފެން ޖަހާ ތެއްމާލައެވެ. އަދި އިޝާރާތުން ސައިކަލުން ފޭބުމަށް އަމުރުކުރުމަށްފަހު، އެނާ އެތަނުން ދުރަށް ޖެހުމުން ތުވާލިން ސައިކަލު ފުހެން ފަށައެވެ.

މިމަންޒަރު ފެނުމުން އަޅުގަނޑަށް ސިފަވީ، އެދިވެހި މީހާއަކީ ވަރަށް ވެސް ފޮނި، އަދި ބޮޑާ މީހެއް ގޮތުގައެވެ.

ޕާކު ކޮށްފަހުންނަ ސައިކަލުތައް މަތީގައި އިށީންދެގެން އިންނަނީ ބިދޭސީން އެކަނި ހެއްޔެވެ؟ ދިވެހިން އެގޮތަށް އެހެން މީހުންގެ ސައިކަލުމަތީ އިށީންދެގެން އިންނައިރު، ރީތިކޮށް ފައިބަން ބުނާ ގޮތަށް މިބިދޭސީ މީހާގާތު ވެސް ނުބުނެވުނީ ކީއްވެ ހެއްޔެވެ؟ ގައިމު އެއީ ކޮންމެ ޤައުމެއްގެ މީހެއްކަމުގައި ވިޔަސް، އެވެސް ހަމަ އިންސާނެކެވެ.

މިހާރު މިޤައުމުގައި، ޚާއްސަކޮށް މާލޭގައި ބިދޭސީން ގިނަކަން އަޅުގަނޑު ވެސް ފާހަގަ ކުރަމެވެ. ނަމަވެސް އެހެން އެކަންއެވަނީ ވެސް ކޮންބަޔަކާއި ހެދިތޯއެވެ؟ ހަމަ އަޅުގަނޑުމެން ބައެއް ދިވެހީންގެ ކަންނެއް ކަމުންނެވެ. ބައެއް މަސައްކަތްތަކަކީ ބިދޭސީއަކު، ނުވަތަ އާއްމުކޮށް މީހުން ކިޔާ ގޮތުންނަމަ "ބަންގާޅީއަކު" ލައްވާ ނޫނީ ނުކުރެވޭނެ ކަންކަންވިއްޔާއެވެ. އެވަރުން އެމީހުން ގެނެސްފަ، އެމީހުންނާއި ދޭތެރޭ ކަންތައް ކުރަންވީ މިފަދައިން ހެއްޔެވެ؟

ފަހަރެއްގައި، މިރިޕޯޓު ލިޔުމުގައި އަޅުގަނޑަށްމި ޖަޒުބާތީ ވެވެނީއެވެ. ނަމަވެސް މިއީ ދައްކަންޖެހޭ ވާހަކައެއް ކަމަށް ޤަބޫލު ކުރަމެވެ. އެހެނީ ބިދޭސީންނާއިމެދު ބައެއް ދިވެހީން މިފަދަ ލާއިންސާނީ ގޮތަކަށް އަމަލުކުރާ، މިއީ ފުރަތަމަ ފަހަރަށް ނުވާތީއާވެސް އެކުއެވެ.

އިންސާނިއްޔަތު ކަމަކީ ހުންނަންވާނެ ރީތި ސިފައެކެވެ. ބިދޭސީންވެސް ހައްދަވާފަވަނީ، ހަމަ އަހަރުމެން ދިވެހިންނާއި އަދި އާލަމްތަކުގައިވާހާ ތަކެއްޗެއް ހެއްދެވި ވެރި ރަސްކަލާނގެކަން ދެނެގަންނަންވާނެއެވެ. މާދަމާވެސް މަރުވެއްޖެނަމަ، ދާން ހުރީ ހަމަ ކަށްވަޅަށެވެ. އެހެންކަމުން މިބިންމަތީގައި މިވަރުގެ ބޮޑާކަމާއި ކިބުރުވެރިކަމެއް ދައްކަންވީ ކޮންކަމަކާއިތޯއެވެ؟

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ