އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީނަށް ހުކުމް ކުރުން އަންނަމަހު 5 ގަ

ރައީސް ޔާމީނަށް ހުކުމް ކުރުން އަންނަމަހު 5 ގަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލާގައި ހުކުމް ކުރުން ނޮވެންބަރު 5 ގައި އޮންނާނެ ކަމަށް، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މިއަދު ވިދާޅުވެއްޖެއެވެ.

މިމައްސަލަ މިހާތަނަށްވެސް ބައްލަވާފައިވާ ގާޒީ ހައިލަމް މިހެން ވިދާޅުވީ ޚުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުން ނިންމަވާލައްވަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ، އެމޏިކުފާނުގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގަ އެވެ. 

އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އެމްއައިބީ ގައި އޮންނަ ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެވެ.

މިއަދުގެ އަޑު އެހުމުގައި ދައުލަތާއި، ރައީސް ޔާމީންގެ ފަރާތުން ވަނީ ހުލާސާ ބަޔާން އިއްވާފައެވެ. މެންދުރު 1:00 ގައި ފެށި ޝަރީއަތުގެ އަޑުއެހުން ނިންމާލާފައިވަނީ ހަވީރު 17:00 ހާއިރުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ