އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީނަށް!: އެމްޑީއެންގެ ރިޕޯޓާމެދު އަޅުގަނޑުގެ ވެރިކަމުގަ މައްސަލަ ބަލައި ފިޔަވަޅު ނޭޅީ ކީއްވެ؟"

ރައީސް ޔާމީނަށް!: އެމްޑީއެންގެ ރިޕޯޓާމެދު އަޅުގަނޑުގެ ވެރިކަމުގަ މައްސަލަ ބަލައި ފިޔަވަޅު ނޭޅީ ކީއްވެ؟"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު

 

"އުޑަ ކުޅުޖެހުން" ދިވެހި ބަހުގައި މާނަކުރަނީ އުޑަށް ކުޅު ޖެހުމަކަށް ނޫނެވެ. އުޑަސް މޫނު ދިމާކޮށް މައްޗަށް ކުޅު ޖެހުމަށެވެ. އެގޮތަށް ކުޅުޖެހުމުން ކުޅުތައް އުޑަށް ނުފޯރާނެ ކަމާއި އެނބުރި އަންނާނީ ތިމާގެ މޫނަށްކަން ބަޔާން ކުރުމަށެވެ.

ރައީސް ޔާމީނު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ަބއްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އެކްނކުރި މީހުންނަށް އަދަބު ދެއްވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްތޭޓް މިނިސްޓަރު ޝައިޚް އިލްޔާސް ޖަމާލު ވިދާޅުވީ އެ ރިޕޯޓުގެ މައްސަލަ 2017 ވަނަ އަހަރުވެސް އިސްލާމިކް މިނިސްޓްރީއަށް "އަމިއްލަ ޖަމިއްޔާއަކުން" ހުށަހެޅި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅީ ޖަމިއްޔަތުއް ސަލަފުން ކަމަށް ވެސް މިހާރު ދަނީ ޚަބަރުތައް ފެތުރެމުންނެވެ.

އެއިރު ރިޕޯޓުގައި 125 ޞަފްޙާ ހަމަ ނުވާތީ ހުރި މައްސަލަތައް މަދުވެދާނެއެވެ. އެހެންކަމާއިއެކުވެސް ހާމަކޮށްފައިވާ މިންވަރުންވެސް މައްސަލަތައް ހުރުމުން ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކޮށް ކުރިއަރުވަން އެންމެ ގިނަ މަސައްކަތްތައް އެންމެ ފުޅައު ދާއިރާއެއްގައި އަމަލީ ގޮތުން ކުރަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއްސަލަފުން އެވަނީ އެއިރު ހުރި ކަންބޮޑުވުންތައް ފާހަގަކޮށް މައްސަލަ ހުށަހަޅައިފައެވެ.

ރައީސް ޔާމީނާއި ކުރަން ޖެހޭ ސުވާލަކީ އެ މައްސަލަ މަނިކުފާނުގެ ބާރު ހުރި ވެރިކަމުގައި ނުބެއްލެވީ ކީއްވެގެންތޯއެވެ؟ ފިޔަވަޅު ނުއަޅުއްވައި ދޫކޮށްލެއްވީ ކާކަށް ބިރުންތޯއެވެ؟ ދެން މިއަދު ކުއްލިއަކަށް އެ ބިރުތައް ނެތުނީތޯއެވެ؟

2017 ވަނަ އަހަރު އިސްލާމިކް މިނިސްޓަރަކީ ޑރ. އަޙްމަދު ޒިޔާދު ބާޤިރެވެ. މިކަމުގައި ޑރ. ޒިޔާދުގެ ބަސްފުޅެއް ހޯދަން މަސައްކަތް ކުރުމުން ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ލިބޭނެ ގޮތް ނުވެފައެވެ.

ގިނަ ބައަކު ބުނަނީ އެމްޑީއެން އިން ނެރުނު "ސެޓަނިކް ރިފޯމް ޕޭޕަރސް" ފަދަ ރިޕޯޓެއް ޜާއްޖޭގައި ނެރުމުން، އަދި ރާއްޖެ ޢާއި ގުޅުވައިގެން ރާއްޖެއިން ބޭރުގައި ނެރުނު ނަމަވެސް އެކަން ބަލައި ފިޔަވަޅު އެޅުމަކީ ދިވެހި ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އާ ބެހޭ ގޮތުން ކިރިޔާ ބަހެއް ބުނި ނަމަވެސް ހިފާ ހައްޔަރުކުރޭ. އަދަބުދޭ. ކޮންމެވެސް އިލްޒާމެއް އަޅުވާފަ ޖަލުގައި ބަންދުކުރޭ! ނަމަވެސް މާތް ﷲ އާ ރަސޫލާ އަށް ބަދުބަސްބުނެ ފުރައްސާރަކުރީމާ، ކީރިތި ޤުރްއާން ދޮގުކުރީމާ ހަމަ އޯކޭ! އެކަން އެނގުނު ކަމަކަށް ވެސް ނުހެދި! ކޮބައިތޯ އެކަންކަން ބަލައި ފިޔަވަޅު އަޅަން ސަރުކާރުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު؟"

ރައީސް މުޙައްމަދު ނަޝީދު ކިތަންމެ ދެކޮޅު ނަމަވެސް، އެކަމުގެ ސަބަބުން ހުރި ދަތިތަކާއިއެކުވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރުވެސް އެވަނީ ފިޔަވަޅެއް އަޅުއްވައިފައެވެ. ދުޢާ އަކީ އިތުރަށް އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އެޅުއްވުމުގެ ޤާބިލުކަންވެސް މާތް ﷲ އެމަނިކުފާނަށް މިންވަރުފުޅު ކޮށްދެއްވެވުމެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް