އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަނޑައެޅިގެން ކީރިތިޤުރުއާނަށް ޖަދަލުކޮށް އިންކާރުކުރުމުން ވެސް ވިދާޅުވާނީ އެއީ އިބާރާތް ކުރުމުގެ މައްސަލައެއް ކަމަށްތޯއެވެ؟

ކަނޑައެޅިގެން ކީރިތިޤުރުއާނަށް ޖަދަލުކޮށް އިންކާރުކުރުމުން ވެސް ވިދާޅުވާނީ އެއީ އިބާރާތް ކުރުމުގެ މައްސަލައެއް ކަމަށްތޯއެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 32 ސިކުންތު

ރާއްޖެއިން އިސްލާމް ދީން ފުހެލުމަށް މަސައްކަތްކުރާ އެމްޑީއެންއިން ނެރުނު ސެޓަނިކް ރިފޯމް ޕޭޕަރސް ގެ ކަންކަމާއި، އެކަމުން ޙާޞިލުކުރަން ބޭނުންވި މަޤްޞަދަކީ ރާއްޖެއިން އިސްލާމް ދީން ފުހެލުންކަމަށް ރާއްޖޭގައި ތިއްބެވި ހުރިހާ ބޮޑެތި ދީނީ ޢިލްމުވެރިން ހާމަކުރެއްވުމުން ވެސް އެކުދިންގެ ބެލެނިވެރިކަމާއި ޙަވާލުވެވަޑައިގެން އުޅުއްވާ ބައްޕައިން ވިދާޅުވާނީ އެ ރިޕޯޓުގައި ހުރީ ހަމަ ޢިބާރާތް ކުރުމުގެ މައްސަލައެއް ކަމަށްތޯއެވެ؟ 

ގުޅުންހުރި ބައެއް ތަފްޞީލް (ޢިލްމުވެރިން މިއަދު ހާމަކުރެއްވި ބަޔާނުން) 

މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯރކުން ލިޔެފައިވާ: 

1- މި ރިޕޯޓަކީ، މާތް ﷲ ގެ ޤަދަރާއި ޢިއްޒަތައް ފުރައްސާރަކޮށް ކުޑައިމީސްވާ ފަދަ ބަސްމަޤާއި ޢިބާރާތްތަކުން ލިޔެފައިވާ ރިޕޯޓެކެވެ.

2- މި ރިޕޯޓަކީ، ކީރިތި ޤުރްއާނާ މެދުގައި ޝައްކު އުފެއްދުމަށް ލިޔެފައިވާ ރިޕޯޓެކެވެ. 

3- މި ރިޕޯޓަކީ، ޤުރްއާނުގެ އާޔަތްތަކަށް ކުޑައިމީސްކޮށްފައި ލިޔެފައިވާ ރިޕޯޓެކެވެ. 

4- މި ރިޕޯޓަކީ، ޤުރްއާނު އާޔަތްތަކަށް އިންކާރުކޮށް ލިޔެފައިވާ ރިޕޯޓެކެވެ. 

5- މި ރިޕޯޓަކީ މާތް ނަބިއްޔާ  صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޤަދަރާއި ޢިއްޒަތައް ފުރައްސާރަ ކުރަން ލިޔެފައިވާ ރިޕޯޓެކެވެ. 

6- މި ރިޕޯޓަކީ، މާތް ނަބިއްޔާ  صلى الله عليه وسلم އާ މެދުގައި ޙަސަދަވެރިވެ ނަފުރަތު އުފެއްދުމަށްޓަކައި ލިޔެފައިވާ ރިޕޯޓެކެވެ. 

7- މި ރިޕޯޓަކީ، އިސްލާމް ދީނާއި އެދީނުގެ ބިންގާތަކާއި އުޞޫލުތަކާ ކަނޑައެޅިގެން މުޅިން ޚިލާފު ޢުދުވާނީ ރިޕޯޓެކެވެ.

8- މި ރިޕޯޓަކީ، ދިވެހި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާ މުޅިން ޚިލާފު ހައްދު ފަހަނައަޅާފައިވާ ރިޕޯޓެކެވެ.

9- މި ރިޕޯޓަކީ، އިސްލާމް ދީނާ މެދު އެތަނެއް ދޮގު އެއްވެސް ޙަޤީޤާތެއް ނެތް ބުހުތާނު ހަދާފައިވާ ރިޕޯޓެކެވެ.

10- މި ރިޕޯޓަކީ، އިސްލާމް ދީނުގެ ނަން ކިލަނބުކޮށް، އެދީނާ މެދުގައި މީސްތަކުންގެ ހިތްތަކުގައި ނަފުރަތު އުފެދޭނެ ގޮތަށް ލިޔެ ފަރުމާކޮށްފައިވާ ރިޕޯޓެކެވެ.

11- މި ރިޕޯޓަކީ، މި ރިޕޯޓުގެ ސަބަބުން މުޅި ދިވެހި ރާއްޖޭގެ އިސްލާމީ އެބައިވަންތަކަމާއި ވަޙުދަތަށް ޙަމަލާއާއި ބުރޫ އަރާނެ ފަދަ ގޮތަކަށް ބައްޓަން ކުރެވިފައިވާ ނުރައްކާތެރި މަކަރުވެރި ރިޕޯޓެކެވެ.

12- މި ރިޕޯޓަކީ، މި ދިވެހި ރާއްޖޭގައި އެހެން ދީންތަކަށް ޖާގަ ހެދުމަށް ވިސްނުން ފެތުރުމަށް ޓަކައި ހެދިފައިވާ ރިޕޯޓެކެވެ.

13- މި ރިޕޯޓަކީ، ރާއްޖޭގައި އިސްލާމް ދީންނުގެ އަސާސްތައް ނައްތާލުމުގެ ފިކުރު ފެތުރުމަށް ލިޔެފައިވާ ރިޕޯޓެކެވެ. 

14- މި ރިޕޯޓަކީ، ދައުލަތުގެ ހުރިހާ ރަސްމީ މުއައްސަސާއަކާއި ދާއިރާތަކާއި އިދާރާއަކުން އިސްލާމް ދީން ބޭރުކުރުމުގެ ފިކުރު ފެތުރުމަށް ޓަކައި ލިޔެފައިވާ ރިޕޯޓެކެވެ.

  

ދެންވެސް ހަމަ ވިދާޅުވާނީ އެއީ ހަމަ ޢިބާރާތްކުރުމުގެ މައްސަލައެއް ކަމަށްތޯއެވެ؟

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް