އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފާވެރި ޚަބަރެއް! "ރިހުނާން" އަށް ދަރިޔަކު ލިބެނީ!

އުފާވެރި ޚަބަރެއް! "ރިހުނާން" އަށް ދަރިޔަކު ލިބެނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 0 ސިކުންތު

ކޮންމެ އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެކަމަށް މީހުން ބުނެ އުޅެނީ ދޮގަކަށް ނޫނެވެ. އެފަދަ ހާލަތެއް ކުޅަދާނަ އެކްޓަރ މުޙައްމަދު ޔުނާން ގެ ޙަޔާތައްވެސް މިވަނީ އައިސްފައެވެ.

ފިލްމު "ބޮސް" އިން ދިވެހި ފިލްމު އިންޑަސްޓްރީއަށް ފުރަތަމަ ތަޢާރަފްވި ޔުނާންއާއި އޭނާގެ އަންހެނުން ފާތިމަތު ރިޙްލާ (ރިހޫ) އަށް ދަރިއަކު ލިބެން އުޅޭކަމުގެ އުފާވެރި ޚަބަރާއެކު، އިތުރު ޚަބަރުތަކެއް ވެސް އެދެމަފިރިން ވަނީ އިއްޔެގެ ވަގުތެއްގައި އެންމެންނާއި ހިއްސާ ކޮށްފައެވެ.

އެގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެމުން ރިހޫ ބުނީ، މިއީ އެދެމަފިރިންގެ ދެވަނަ ދަރިފުޅު ކަމަށެވެ. ނަމަވެސް ފުރަތަމަ ދަރިފުޅު، މިއަހަރުގެ ކުރީކޮޅު ބައިގެން ގޮސްފައިވާ ކަމުގެ ހިތާމަވެރި ޚަބަރު ވެސް ރިހޫ ހިއްސާކުރިއެވެ.

"މިއަހަރު ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު އަހަރުމެންގެ ފުރަތަމަ ދަރިފުޅު މިދުނިޔެއާއި ވަކިވެގެން ދިޔައީ. އެއިރު ބަނޑަށް ފަސް މަސް. ފިރިހެން ކުއްޖެއް އެއީ. އެދަރިފުޅަށް ކިޔަން އަހަރުމެން ނިންމީ ޔޫކް މުޙައްމަދު ޔުނާން. ދަރިފުޅުގެ ޖިންސު ވެސް ވަކިވާތީ، ކަށުނަމާދުވެސް ކޮށްފަ ވަޅުލީ. އެއީ އަހަރުމެން ދެމަފިރިންގެ ޙަޔާތަށްވެސް އައި ވަރަށް ހިތާމަވެރި ދުވަހެއް. ޔޫކް އަހަރުމެންނާއި ވަކިވި ކަމުގައިވިޔަސް، އަދި މިހާރު މާތް ﷲ ގެ ރަޙްމަތްފުޅާއެކު އެހެން ދަރިއެއް އަހަރުމެންނަށް ލިބެން އުޅުން ކަމުގައިވިޔަސް، އަހަރުމެންގެ ހިތުން އެދަރިފުޅުގެ ހަނދާންތަކެއް ފިލައިގެނެއް ނުދޭ، ނުވެސް ދާނެ. އަހަރުމެން ދެމަފިރިން ވެސް އެދަރިފުޅުދެކެ އިންތިހާއަށް ލޯބިވޭ" ރިހޫ ބުނެފައިވެއެވެ.

          

ދެމަފިރިންގެ ނަން އެއްކޮށްލައިގެން "ރިހުނާން" ގެ ގޮތުގައި މިހާރު ބޮޑަށް މައްޝޫރުވެފައިވާ އެދެމަފިރިން ބުނީ، މިފަހަރު އެމީހުންނަށް ލިބެން އުޅެނީ އަންހެން ކުއްޖެއް ކަމަށާއި ކިޔަން ގަސްދުކޮށްފައިވަނީ "ޔޫން މުޙައްމަދު ޔުނާން" ކަމަށެވެ.

"މިހާރު މިއިނީ ވިހަން ވަރަށް ދުވަސް ގާތްވެފަ. މީގެކުރިން އާއިލާއާއި ގާތް މީހުންގެ އިތުރުން އެއްވެސް މީހަކަށް ނޭނގޭނެ ރިހޫ ބަނޑުބޮޑު ކަމެއްވެސް. ރިހޫ ލާއެއްޗެހިން އެހާ ނޭނގޭނެ ކުރިން، މީހުންނާއި ދިމާވިޔަސް ވެސް. ފޮޓޯ ނަގަނީ ވެސް ބަނޑު ނާރުވާ. މިހާރު އެކަމަކު ދެން މިހާމަކުރީ، ވިހާ ދުވަސް ކައިރިވެފަ ހުރުމާއެކު" ރިހޫ ބުންޏެވެ.

ޔުނާން އާއި ރިހޫގެ ދެވަނަ ދަރިފުޅު ދުނިޔެއަށް އައުމަށް ދުވަސް ކައިރިވެފައިވާއިރު، އެދެމަފިރިން ވަނީ ވެސް މީގެކުރިން ކައިވެންޏެއްކޮށް އެކައިވެންޏަށް ދަރިންވެސް ލިބިފައެވެ. އެގޮތުން ރިހޫގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ހުރިއިރު، ޔުނާންގެ ވެސް އަންހެން ކުއްޖަކު ހުރެއެވެ. ނަމަވެސް އެދެމަފިރިންނަކީ އެކަކު އަނެކަކުގެ ދަރިންނަކީ ޚުދުއެމީހުންގެ އަމިއްލަ ދަރިން ކަމަށް ދެކި ނުހަނު ލޯބިން އުޅޭ ދެމަފިރިންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ