އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުރާ ސުކޫލަށް 6 ކްލާސްރޫމް ހިމެނޭ ދެބުރި އިމާރާތެއް އަޅަން ހަވާލުކޮށްފި

ހުރާ ސުކޫލަށް 6 ކްލާސްރޫމް ހިމެނޭ ދެބުރި އިމާރާތެއް އަޅަން ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

 ކ.ހުރާ ސުކޫލް ގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 06 ކްލާސްރޫމް 02 ބުރި އިމާރާތުގެ މަސައްކަތް މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ  4,854,972.41(ހަތަރު މިލިއަން އަށްސަތޭކަ ފަންސާސް ހަތަރު ހާސް ނުވަސަތޭކަ ހަތްދިހަ ދެ ރުފިޔާ ސާޅީސް އެއް ލާރި) އަށް މި ޢިމާރާތުގެ މަސައްކަތް 250 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މީގެ އިތުރުން މިއަދުވަނީ ގދ.ފިޔޯރި ސުކޫލް ގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 06 ކްލާސްރޫމް 02 ބުރި އިމާރާތުގެ މަސައްކަތް އިނޯކާ ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފައެވެ.

5,906,161.98(ފަސް މިލިއަން ނުވަސަތޭކަ ހަ ހާސް އެއްސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ނުވަދިހަ އަށް ލާރި) އަށް ހަވާލުކުރި މި މަޝްރޫޢުގެ މަސައްކަތް 225 ދުވަހުގެ ތެރޭގައި ނިންމަން ވަނީ އެއްބަސްވެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް