އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު
ދިވެހި ރައްޔިތުން، ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން ގެންދާ އެމްޑީއެން އިން ނެރުނު ރިޕޯޓްކުށްވެރިކޮށް އެޖަމާޢަތް އުވާލުމަށާއި އެކަން ކުރި ބައަކަށް ޙައްޤު އަދަބު ދިނުމަށް ގޮވާލަމުން ގެންދަނީ އެއްވެސް ސިޔާސީ ފިކުރެއްގައެއް ނޫނެވެ. އިސްލާމަކަށްވީތީއެވެ. އިސްލާމް ދީން ޙިމާޔަތް ކުރުމާއި އިސްލާމް ދީނަށް ނަޞްރު ދިނުމަކީ ކޮންމެ މުސްލިމަކު އަދާކުރަން ޖެހޭ ދީނީ ވާޖިބަކަށްވާތީއެވެ.
އެހެންކަމުން ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން ގެންދާ އެމްޑީއެން އިން ނެރުނު ރިޕޯޓްކުށްވެރިކޮށް އެޖަމާޢަތް އުވާލުމަށާއި އެކަން ކުރި ބައަކަށް ޤާނޫނުގައި ޙައްޤުވެގެންވާ އަދަބު ދިނުމަށް ގޮވާލަމުން ގެންދަނީ ވަކި ސިޔާސީ ޕާޓީއަކަށް ނިޞްބަތްވާ ބައެއް ނޫނެވެ. ދިވެހި ރައްޔިތުންނަކީ އެމީހެއްގެ ސިޔާސީ ފިކުރު ކޮންމެ ގޮތެއްގައި ހުރިނަމަވެސް މާތް ﷲ ގެ ޕާޓީގެ މެންބަރުންނެވެ. އެންމެހައި މުސްލިމުންނަކީ އިސްލާމް ދީނުގެ އަހުލުވެރިންކަމުގައިވާތީއެވެ.
އެކަން ޤަބޫލުކޮށް އެމްޑީޕީއަށް ނިޞްބަތްވާ ވަރަށް ގިނަ ބައަކުވެސް ގެންދަނީ ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން ގެންދާ އެމްޑީއެން އިން ނެރުނު ރިޕޯޓްކުށްވެރިކޮށް އެޖަމާޢަތް އުވާލުމަށާއި އެކަން ކުރި ބައަކަށް ޤާނޫނުގައިވާ ޙައްޤު އަދަބު ދިނުމަށް ގޮވާލަމުންނެވެ.
މިއަދު މިފެނުނީ ވަރަށް އާދަޢާ ޚިލާފް މެސެކެވެ.
"އެމްޑީޕީއާ ވާދަވެރި ސިޔާސީ ފަރާތްތަކުގެ ހަރަކާތްތަކަށް ހިއްވަރު ލިބޭ ޝިޔާރުތައް އެމްޑީޕީގެ އިންތިޚާބީ އެއްވެސް ފަރާތްތަކާ ޢާއްމު މެންބަރަކުވެސް ބޭނުން ނުކުރެއްވުމަށް އެދި ދަންނަވަން" ކަމުގެ މެސެޖެވެ. މާނަ ސީދާ ސާފުބަހުން ހާމަކޮށްފައި ނުވި ނަމަވެސް މި ބުނަނީ "ބޭން އެމްޑީއެން" ޝިޢާރު ބޭނުން ނުކުރުމަށް ކަމަށް ޤަބޫލުކުރެއެވެ.
މީސްތަކުންނޭވެ! މަރުވުމުން ކައްވަޅުގައި ވަޅުލާނެއެވެ. މަލާއިކަތުން ވަޑައިގެން ކުރައްވަވާނެ 3 ސުވާލުގެ ތެރޭގައި އެމީހަކު އުޅުނު ސިޔާސީ ޕާޓީ އާއި، އެމީހެއްގެ ސިޔާސީ ފިކުރާއި އެމީހާ ތަބަޢާވީ ސިޔާސީ ލީޑަރަކީ ކާކުކަމުގެ ސުވާލެއް ނުހިމެނޭނެއެވެ. ސުވާލު ކުރައްވަވާނީ އެމީހާ އީމާންވި ކަލާނގެ އާއި އުޅުނު ދީނާއި ތަބަޢާވީ ރަސޫލާ އާއި މެދުގައެވެ.
ވީމާ އެމީހަކު ތަބަޢަވާނީ ޢާންމުވެފައިވާ މެސެޖަށްތޯ ނުވަތަ އިސްލާމް ދީނުގައި ސާބިތުވެ އެދީނަށް ނަޞްރު ދިނުމުގައިތޯ މިއީ އަމިއްލައަސް ގޮތް ނިންމަން ޖެހޭ ކަންކަމެވެ. އެންމެހައި މީސްތަކުންނަށް މޢތް ﷲ ހެޔޮ ވިސްނުން މިންވަރުފުޅު ކުރައްވަވާށި! އާމީން.
(މިއީ އެމްޑީޕީގެ މެންބަރެއް ކަމަށްވާ ޢަލީ ރިޒާ މިއަދުނޫހަށް ދެއްވި މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.)
Advertisement
25 އޮކްޓޯބަރ 2019