އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަކި މީހަކު ދީން ޙިމާޔަތްކުރާނެކަމަށް ބަލަން ނުތިބެ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާ އަދާކުރުމަށް ޝައިޚް ސަމީރު ގޮވާލައްވައިފި

ވަކި މީހަކު ދީން ޙިމާޔަތްކުރާނެކަމަށް ބަލަން ނުތިބެ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާ އަދާކުރުމަށް ޝައިޚް ސަމީރު ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

ރަސޫލް (ޞޢވ) ދެކެ ލޯބިވާކަން ހާމަކުރުމުގެ ގޮތުން ތަފާތު ޝިޢާރުތައް ގެންދަނީ ހާމަކުރަމުންނެވެ. ނަމަވެސް އެގޮތަށް ޝިޢާރެއް ފައުޅުކޮށްލުމަކުން އަދި ނުފުދެއެވެ. ރަސޫލް (ޞޢވ) ދެކެވާ ލޯބި އެމީހެއްގެ އަމަލުތަކުން ދައްކައިދޭން ޖެހެއެވެ. 

ރާއްޖޭގައި ތިބި ހުރިހާ މުސްލިމުން އެމީހުން ރަސޫލް (ޞޢވ) ދެކެވާ ލޯބި، ޞަޙާބީން ފަދައިން އެމީހުންގެ ޢަމަލުތަކުން ދައްކައިދެމުން ގެންދާނަމަ މުނާފިޤުންކަމަށްވީނަމަވެސް އަދި އެހެން ބައަކަށްވީނަމަވެސް މި ދިވެހިރާއްޖޭގައި ރަސޫލް (ޞޢވ) އަށް ފައުޅުގައި ފުރައްސާރަކުރާކަށް ހަމަ އެކަކަށްވެސް ނުކެރޭނެއެވެ. 

އެއީ މުޖުތަމައުގައި މީހުން ތިބި ގޮތް އެމީހުންނަށް އެނގޭނެތީއެވެ. 

ދޭތެރެދޭތެރެއިން މިބާވަތުގެ ކަންކަން ތިލަވަމުން މިދަނީ އަޅުގަނޑުމެންގެ ކިބައިގައި ދީންވެރިކަން ހުރިވަރު ޓެސްޓްކުރަން ދުޝްމިނުން ބޭނުންވާތީއެވެ. ޢަޤީދާ ދަށްވަމުންދާ މިންވަރު ބަލަން ބޭނުންވާތީއެވެ. "ތިމަންނަމެންނަށް ތިމަންނަމެން ކުރަން ބޭނުންވާ ކަންކަން ރާއްޖޭގައި ކުރެވޭ މިންވަރަށް މީހުން ދީނާ ދުރައްޖެހިއްޖެތޯ؟ ބަލަން ބޭނުންވާތީ. ވީމާ އަޅުގަނޑުމެންނަކީ ރަސޫލް (ޞޢވ)ގެ ސުންނަތަށް އަމަލުކުރާ، ޞާލިޙް، ތަޤްވާވެރި ބައަކަށް ވެއްޖެ ނަމަ މިބާވަތުގެ ކަންކަން މުޖުތަމައުގައި ހިނގުމުގެ ފުރުޞަތެއް ނޯންނާނެ! ބޭނުންވަނީ އަޅުގަނޑުމެންގެ ބޭރުފުށާއި އެތެރެފުށް އިޞްލާޙްކޮށް އިސްލާމް ދީނަށް ލޯބިކުރާ ބައެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތުކުރުން. މިއީ މިކަމަށް އޮތް ޙައްލަކީ." 

"މިއަދު އެނގި ކަށަވަރުވަމު މިދަނީ އިސްލާމް ދީން ރާއްޖޭގައި ދަހައްޓައި ނަގަހައްޓާނީ މުސްލިމް ދަރިންކަން. އެހެންބައަކަށް ދޫކޮށްލައިގެން ތިބެން ވެއްޖެނަމަ އެކަމުގެ އަމާންކަމެއް ނެތްކަން. ވީމާ އިސްލާމް ދީން ހިފެހެއްޓުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއްކަމަށް ހަދަން އެބަޖެހޭ. ވަކި މީހަކު އިސްލާމް ދީން ޙިމާޔަތްކުރާނެ ކަމަށް ބަލައި ދޫކޮށްލައިގެން ތިބެވެން ނެތްކަން." 

އިސްލާމް ދީން ޙިމާޔަތްކޮށް ހިފަހައްޓަން ކުރަން ޖެހޭ ކަމަކީ ރިސާލަތާއި އެއްގޮތަށް ފަރުޟާއި ވާޖިބު އަދި ސުންނަތަށް އަމަލުކުރާ މީހަކަށް ކޮންމެ މީހަކުވެސް ވުމެވެ. ޝިޢާރު ފައުޅުކޮށްފައި ޢަމަލުނުކުރުމުން އެމީހެއްގެ ހިތުގައި އިސްލާމްދީނަށް އޮތް ލޯބި ކޮބައި ކަމާއިމެދު ސުވާލު އުފެދޭނެއެވެ. 

- މިރޭގެ ޢިޝާ ނަމާދަށްފަހު ބަންޑާރަ މިސްކިތުގައި ޝައިޚް އަހްމަދު ސްމީރު ދެއްވި ދަރުސުން 

- ދަރުސްގެ ވީޑިއޯ: (ދީން ހިމާޔަތްކުރަން މީހަކަށް ދޫކޮށްލެވޭކަށް ނެތް)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް