އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީން ހުންނެވީ ޖަލުގެ ޚާއްސަ ޔުނިޓުގަ: ކަރެކްޝަންސް

ރައީސް ޔާމީން ހުންނެވީ ޖަލުގެ ޚާއްސަ ޔުނިޓުގަ: ކަރެކްޝަންސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުންނެވީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ) ގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން މިއަދު ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލިހުގައި ރައީސް ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކާއި ހަ މަސް ތެރޭގައި ދައުލަތަށް ފަސް މިލިއަން ޔޫއެސް ޑޮލަރު ދެއްކުމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ހުކުމް ކުރެއްވުމުން، އެމަނިކުފާނު ފުރަތަމަ ގެންދެވީ މާލޭ ޖަލަށެވެ. އެއަށްފަހު މާފުށްޓަށް އެމަނިކުފާނު ބަދަލު ކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ.

މާލޭ ޖަލުގައި ރައީސް ޔާމީން ހުންނެވީ ވަރަށް ދަތިކޮށްހުރި، ކުޑަ ގޮޅިއެއްގައި ކަމަށް ބުނެ އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ޝަކުވާ ކުރި އެވެ. ޖަލުން، ރައީސް ޔާމީނާ ބައްދަލުކުރުމަށް ފަހު ހިއުމަން ރައިޓްސް ކޮމިޝަނުން އަންނަނީ އެ ޝަކުވާތައް، ތަހުގީގުކުރަމުންނެވެ.

ނަމަވެސް ކަރެކްޝަންސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރީގަ ރައީސްކަން ކުރެއްވި ރައީސް ޔާމީނަށް ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޖަލުގައި ދޭން ޖެހޭ އެންމެހައި ހައްގުތަކާއި ރައްކާތެރިކަން ފޯރުކޮށްދެއްވަމުން އަންނަ ކަމަށެވެ.

ރައިސް ޔާމީން ހުންނެވި ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަކީ، އެމަނިކުފާނުގެ ވެރިކަމުގައި ކޯޓުތަކުން ހުކުމް އިއްވި ސިޔާސީ ބޭފުޅުން ބައިތިއްބަން ހާއްސަކޮށް ހެދި ތަނެކެވެ. ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަން އެމަނިކުފާނު ވެސް ހުންނެވީ އެ ތަނުގަ އެވެ. ފަހުން، އެ ޔުނިޓް މަރާމާތުކޮށް، ޖާގަ އިތުރުކުރި އެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު