އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުއޫދުއާއި މުއުތަސިމް ގެ ނަން މަޖިލިހަށް ރައީސް ފޮނުއްވައިފި!

ސުއޫދުއާއި މުއުތަސިމް ގެ ނަން މަޖިލިހަށް ރައީސް ފޮނުއްވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ ނަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

މި ދެ ބޭފުޅުންގެ ނަން ރައީސް ޞާލިހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ރައީސް ޞާލިހު އެދިވަޑައިގެންނެވީ އެ ބޭފުޅުންނާމެދު ޖޭއެސްސީގެ ލަފާއެއް އެރުވުމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށާއި އުއްތަމަ ފަނޑިޔާރު ކަމަށް ނަން ނޮމިނޭޓް ކުރުމުގެ އިހްތިޔާރު ރައީސްއަށް އޮވެ އެވެ.

އެކަމާ ގުޅޭ ގޮތުން މިރޭ ޖޭއެސްސީއިން ބޭއްވި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ. ކޮމިޝަނުން ވަނީ ރައީސް ސޯލިހު ފޮނުއްވި ނަންތަކާއި އަމިއްލަ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުން ޝޯޓް ލިސްޓްކޮށް އިންޓަވިއުކޮށްފަ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ