އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރީގެ ސަރުކާރުން 16 މިލިއަން ރުފިޔާގެ ސްޓީލް ޖަލެއް ރާއްޖެ ގެނައި މައްސަލައެއް ބަލަނީ!

ކުރީގެ ސަރުކާރުން 16 މިލިއަން ރުފިޔާގެ ސްޓީލް ޖަލެއް ރާއްޖެ ގެނައި މައްސަލައެއް ބަލަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 59 ސިކުންތު

ކުރީގެ ސަރުކާރުން 16 މިލިއަން ރުފިޔާގެ ސްޓީލް ޖަލެއް ރާއްޖެ ގެނައުމުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އެ މައްސަލަ ތަހުގީގު ކުރަން ލަފާދީފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން މިއަދު އާންމުކުރި 2016 ވަނަ އަހަރުގެ ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ސްޓީލް ޖަލު ބެހެއްޓުމަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ. މި ހަރަދަކީ މާލިއްޔަތު ގަވައިދުގައިވާގޮތަށް ޓެންޑާ ބޯޑަށް ހުށަހަޅާފައި ނުވާ އަދި އިކޮނޮމިކް ކައުންސިލުންވެސް ފާސްކޮށްފައި ނުވާ ހަރަދެއް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

1.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު މަސައްކަތެއް ދައުލަތުގެ އެއްވެސް އޮފީހަކުން ބަޔަކާ ހަވާލުކުރަން ވާނީ، ޓެންޑާ ބޯޑަށް ހުށަހަޅައި ވާދަވެރި ބީލަމަކަށް ގޮސްގެން ކަމަށް މާލިއްޔަތު ގާނޫނުގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު