އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 40 ސިކުންތު
ހުޅުމާލެ ފޭސް ދޭއްގައި އޮތް ކޮޅުވެއްޓިއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
ހުޅުމާލޭ ފޭސް ދޭއްގައި އޮތް ކޮޅުވެއްޓިއަކުން ވެލްޑިންގ ޕްލާންޓޭއް ވަގަށް ނަގާފައިވާކަމަށް ޑިސެމްބަރު 1 ވަނަ ދުވަހުގެރޭ 00:03 އެހާކަންހާއިރު ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނެކެވެ.
އެމީހާ ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދާފައިވަނީ އެހެން މީހަކަށް ވިއްކާލާފައިވަނިކޮށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަ ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
Advertisement
3 ޑިސެމްބަރ 2019