އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާސިމްގެ މަރަށް 3 ދުވަސް! ޖަމާއަތްތަކާ ބޮޑުން ކަންބޮޑު ނުވަނީ ސޯޝަލް މީޑިއާގަ ނޫޅޭތީތޯ؟

ޤާސިމްގެ މަރަށް 3 ދުވަސް! ޖަމާއަތްތަކާ ބޮޑުން ކަންބޮޑު ނުވަނީ ސޯޝަލް މީޑިއާގަ ނޫޅޭތީތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 34 މިނެޓް, 8 ސިކުންތު

ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރައިލެވުނުތާ 3 ދުވަސްވީއެވެ. 

މިކަމާއި ގުޅިގެން ފުލުހުން އެ ރޭ ވަނީ ތަހްޤީޤް ކުރިއަށް ގެންދާ ކަމަށް ބުނެފައެވެ. 

ޤާސިމްގެ ޤާތިލުން ހޯދަން އެއްވެސް ޖަމާއަތަކުން ގޮވާލާ އަޑެއް އަދިވެސް ނުއިވެއެވެ. ބޮޑުންގެ އެއްވެސް ބޭފުޅަކު ވެސް އެފަދަ ބަސްފުޅެއް ވިދާޅުވި އަޑެއް ނުއިވެއެވެ. 

އެހެންކަމުން އެއީ ޤާސިމް އަކީ ސޯޝަލް މީޑިއާގައި އަޑުގަދަކުރާ މީހަކަށް ނުވާތީ ކަމާއިމެދު މިހާރު މިވަނީ ސުވާލު އުފެދިފައެވެ. މި ސުވާލު އުފެދެނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުން ކަންބޮޑުވުން ފައުޅުކުރި ބޮޑުންނަށްވުރެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން މަރައިލުމުން ކަންބޮޑުވުން ފައުޅުކުރި ބޮޑުން ގިނަވުމުންނެވެ. 

ޤާސިމް އަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ. ނަމަވެސް އަޚްލާޤީ ގޮތުން ފާހަގަކުރަން ޖެހޭ ފަދަ ރަނގަޅު ސިފަތަކެއް ހުރި މީހެކެވެ. ދަރިންގެ ލޯބި ހޯދާފައިވާ ބައްޕައެކެވެ.

ޤާސިމްއަށް ހަމަލާދިން މައްސަލަ ކުރިމަތިވެފައިވަނީ 4 ވަނަ ދުވަހުގެ ރޭ 9.00 ހައިއިރުއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް