އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"މާތް ﷲ ގެ ވާގިފުޅާއި އެކުން" ސޯޝަލް މީޑިއާ ފުރާލައިފި - އިންތިޚާބު ނިމުނީމާ "ޝައިޠާނާގެ ބާރާއެކު ކުރިއަށް!"

"މާތް ﷲ ގެ ވާގިފުޅާއި އެކުން" ސޯޝަލް މީޑިއާ ފުރާލައިފި - އިންތިޚާބު ނިމުނީމާ "ޝައިޠާނާގެ ބާރާއެކު ކުރިއަށް!"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

ސޯޝަލް މީޑިއާ އަށް ބަލައިފިނަމަ މިހާރު އެންމެ ގިނައިން ފެންނަނީ "މާތް ﷲގެ ވާގިފުޅާއިއެކު" ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ވާހަކަތަކެވެ. މިއީ އައު ކަމެއް ވެސް ނޫނެވެ. ކޮންމެ އިންތިޚާބަކާއި ގުޅިގެން އެންމެ ބާރަށް ދެކެވޭ އެއް ވާހަކައެވެ. މިއަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި ވެސް އިވުނީ ހަމަ މިފަދަ އަޑުތަކެވެ.  

މަޖިލިސް އިންތިޚާބުގައި "މާތް ﷲ ވާގިފުޅާއިއެކު" ބޭނުންކޮށްގެން ކެންޕޭނުކޮށް ކަންކަންކޮށް މަޖިލީހަށް ހޮވުމުން މަޖިލިސް ތެރޭގައި ދެކެވޭ ވާހަކަތަކާއި ކުރެވޭ ކަންކަން މިދަނީ ފެންނަމުންނެވެ. ބައެއް މެންބަރުންގެ އަމަލުތައް މަޖިލިސް ތެރޭގައި އިބިލީސް ވެސް އުޅެން ލަދުގަންނާނެ ފަދަ ދަށުދަރަޖައިގައި ހުރިއިރު އަނެއްބައި މެންބަރުން ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ރައްދުކުރަމުން ގެންދާ ބަސްތައް ދަނީ ފެންނަމުންނެވެ.  

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ދެކެވުނު ބައެއް ވާހަކަތަކުން ހީވެގެން ދިއައީ މައްސަލަ އުޅެނީ އިސްލާމްދީނުގައި ކަމަށާއި އެމްޑީއެން ރިޕޯޓަކީ ހަމަ އެންމެ ފުރިހަ ރިޕޯޓެއް ކަމަށެވެ. މިހައި ވަރަށް ކަންކަން އޮޅުވައިލިއެވެ. އަދި އެ ރިޕޯޓުގައި މަދީ ހަމައެކަނި ރަސޫލް (ޞޢވ)ގެ މައްޗަށް ޞަލަވާތް ލިޔެފައި ނެތުން ކަމަށްވެސް ހަމަ އެ މަޖިލީހުގެ ރިޔާސަތުން އިއުލާނުކުރިއެވެ.  

މަޖިލިސް އިންތިޚާބުގައި ކެންޕޭނުކުރަން ދޮރުން ދޮރަށް ހިނގި ދުވަސްވަރު ވަގުތު ޖެހުމުން މިސްކިތަށް އެރި މެންބަރުންނަށް މިހާރު ބަންގީގެ އަޑު އިވޭކަމަކަށް ނުވެއެވެ. ޖެހިގެން ހުރި މިސްކިތުން ގޮވާއިރު މަޖިލިސް ކޮފީ މޭޒުދޮށުގައި ތިބޭއިރުވެސް މެއެވެ.  

އެހެންކަމުން ބުނަން ޖެހެނީ "މާތް ﷲގެ ވާގިފުޅާއި އެކުން" ކެމްޕޭނު ފަށާފަދައިން މަޤާމު ލިބުމުންވެސް އަދި ނުލިބުނު ނަމަވެސް އެކަން ހިތުގައި އަބަދުވެސް ބޭއްވުމަށެވެ! އިންތިޚާބު ނިމުނީމާ "ޝައިޠާނާގެ ބާރާއެކު ކުރިއަށް!" ދާ މީހަކަށް ނުވުމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް