އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިލާ ކޮލެޖުން އަންނައަހަރު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ވިލާ ކޮލެޖުން އަންނައަހަރު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ވިލާ ކޮލެޖުން 2020 ގައި ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު ޖެނުއަރީ 5 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މުއްދަތު އިތުރު ކުރަން ވިލާ ކޮލެޖުން ނިންމާފައިވާއިރު މީގެ ކުރިން ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަަލަށެވެ. 

ވިލާ ކޮލެޖުން ކުރިމަތިލުމަށް ހުޅުވާލާފައިވާ ކޯހުގެ ތެރޭގައި ހިމެނެނީ 97 ކޯހެކެވެ. އޭގެތެރޭގައި ހިމެނެނީ މާސްޓާސް ފެންވަރުގެ 12 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ ފަސް ކޯހަކާއި، ޑިގްރީ ފެންވަރުގެ 21 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 17 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 14 ކޯހަކާއި، ސެޓްފިކެޓް ތިނެއް ފެންވަރުގެ 12 ކޯހަކާއި، ސެޓްފިކެޓް ލެވެލް ދޭއްގެ ފެންވަރުގެ ދެ ކޯހަކާއި، ސެޓްފިކެޓް ލެވެލް އެކެއްގެ އެއް ކޯހުގެ އިތުރުން މެރިން ސްޓަޑީޒްސް އާއި ވޯޓަރ ސްޕޯޓްސްގެ އަށް ކޯހެކެވެ.

މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އެއް ކަމަށްވާ، ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓާސް އަދި ބެޗެލާސް ޑިގްރީ ކޯސްތައް ހިމެނެއެވެ.

ދަރިވަރުންނަށް ކޯސް ފީ މަހުން މަހަށް އިންސްޓޯލްމަންޓުގެ ގޮތުގައިވެސް ދެއްކޭއިރު ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖު ތ. ގުރައިދޫ ކެމްޕަސް، ވިލާ ކޮލެޖު ހިތަދޫ ކެމްޕަސް، ވިލާ ކޮލެޖު ނައިފަރު ކެމްޕަސް، ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަސް، ވިލާ ކޮލެޖު ލޭކް ސައިޑް ކެމްޕަސް (ށ.ފުނަދޫ)، ވިލާ ކޮލެޖް ލ.ގަން ކެމްޕަސް އަދި ވިލާ ކޮލެޖު މަހިބަދޫ ކެމްޕަހުގައިވެސް މި ކޯސްތައް ކުރިއަށްގެންދާނެ އެވެ.

މީގެއިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލާސް ޑިގްރީ ޕްރޮގްރާމެއްގައި ކިޔެވުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވާ ކަމަށް އެ ކޮލެޖުން ވަނީ ބުނެފައެވެ.

ވިލާގެ ޖެނުއަރީ އިންޓޭކުގައި އޭސީސީއޭގެ ނޮލެޖް ލެވެލް، ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް އަށް ވަނުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް ވިލާއިން ބުނެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު