އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހޮނޑާފުށި ރިސޯޓުގެ ދިވެހި މުވައްޒިފަކަށް އެތަނުގެ އިސް ބިދޭސީ މުވައްޒިފަކު އަނިޔާކުރި މައްސަލައެއް!

ހޮނޑާފުށި ރިސޯޓުގެ ދިވެހި މުވައްޒިފަކަށް އެތަނުގެ އިސް ބިދޭސީ މުވައްޒިފަކު އަނިޔާކުރި މައްސަލައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 21 ސިކުންތު

ހދ. ހޮނޑާފުށި ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒިފަކަށް އެތަނުގެ އިސް ބިދޭސީ މުވައްޒިފަކު އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙައްޤުތަކަށް ގޮވާލަމުންގެންދާ ފޭސްބުކް ޕޭޖެއް ކަމަށްވާ "ރިސޯޓް ބޯއިސް މޯލްޑިވްސް" ޕޭޖުގައި މިއަދު ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ހޮނޑާފުށީގައި މަސައްކަތް ކުރާ ދިވެހި މުވައްޒިފެއްގެ ގައިގާ އެތަނުގައި މަސައްކަތްކުރާ ބިދޭސީއަކު ޖަހާފައިވާ ކަމަށާއި އެމައްސަލަ ހަނިމާދޫ ފުލުހުންނަށް އެންގުމުން "އެމައްސަލަ ބަލަން ރިސޯޓަށް ދެވޭނީ ހޮނޑާފުށި މެނޭޖްމަންޓުން ގުޅީމަ" ކަމަށް ފުލުހުން ވިދާޅުވިކަމަށެވެ.

          

ޕޯސްޓާއިއެކު، އެމީހާއަށް ލިބިފައިވާ އަނިޔާގެ ފޮޓޯތަކެއް ވެސް ހިއްސާ ކުރަމުން، ނަން ފޮރުވާފައި މީހަކު ލިޔެފައިވާ ޕޯސްޓެއް ވެސް ހިއްސާ ކޮށްފައިވެއެވެ.

އެޕޯސްޓުގައި ލިޔެފައިވަނީ..

"އަޅުގަނޑު މުޙައްމަދު ޝަފީޤް ހދ. މާވައިދޫ/ ފުސްވިލާގެ، ވަޒީފާ އަދާ ކުރަމުންދަނީ ހދ. ހޮނޑާފުށި ފްރަންޓް އޮފީހުގެ ބަގޫ ޑްރައިވަރެއްގެ މަގާމުގަ. ރޭ (1 ޖަނަވަރީ 2020) ފަތިހު 4:15 ގައި މިއޮފީހުގެ ޕަރޗެސިންގ މެނޭޖަރ ގެ މަގާމުގައި ހުރި ސަޖަން ސިންގް ނަމަކަށް ކިޔާ އިންޑިއާ މީހަކު އޭނާގެ ގައިގާ ހުރި ބާރަކަށް، އަޅުގަނޑުގެ ބަނޑުގައި އޭނާގެ ފައިން ޖަހާ، އަޅުގަނޑަށް މިވަނީ ވަރަށް ބޮޑަށް ހާނީއްކަވެފަ. މިއަދު މެންދުރު 3 ޖެހިއިރު ވެސް ރިސޯޓުގެ އެޗްއާރް އަދި މެނޭޖްމަންޓުން ވެސް ވަނީ މިކަމުގައި އެއްވެސް ފިޔަވަޅެއް އަޅާ ނުދީފަ. އަޅުގަނޑު ހަނިމާދޫ ޕޮލިސް ސްޓޭޝަނަށް ގުޅާފަ މައްސަލަ ބަލާ ދިނުމަށް އެދުމުން ދިން ޖަވާބަކީ، ރިސޯޓުގެ މެނޭޖްމެންޓް މެދުވެރިކޮށްގެން މެނުވީ ޕޮލިސް ސްޓޭޝަނުން ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް. އަޅުގަނޑު ކަހަލަ ނިކަމެތި ރައްޔިތުންގެ ހައްޤުގަ އިންސާފު ހޯދައިދޭނެ ފަރާތެއް މިދިވެހި ދައުލަތުގައި ނެތްކަން ވަރަށް ހިތާމަ އާއެކު ދަންނަވަން. އަޅުގަނޑަށް އިންސާފު ލިބޭނެ ގޮތެއް ހައްދަވާ ދެއްވުން ވަރަށް އާދޭހާއެކީ ދަންނަވަން" މިފަދައިންނެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ ހދ. ހޮނޑާފުށީގައި ރޭ މީހެއްގެ ގައިގާ ޖަހާ މާރާމާރީ ހިންގާފައިވާ މައްސަލައެއް މިއަދު 15:00 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލައިގެ ތަހުގީގަށް ހޮނޑާފުށްޓަށް ދިޔުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

 

ހޮނޑާފުށި ރިސޯޓުގެ ދިވެހި މުވައްޒިފަކަށް މިއަދު އަނިޔާ ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، ފާއިތުވީ ޑިސެމްބަރ މަހު އެރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ އެހެން މުވައްޒިފަކު، ހޮނޑާފުށި ރިސޯޓުން ސާވިސް ޗާޖްގެ ގޮތުގައި ނޮވެމްބަރ މަހު ދިނީ އެންމެ 11 ޑޮލަރު ކަމަށް ބުނިކަމުގެ ތުހުމަތުގައި، ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އެގޮތުން އަހްމަދު ޝިމްހާޒް އިބްރާހިމް ނަމަކަށް ކިޔާ އެމުވައްޒަފު މިހާރު ދަނީ، އެރިސޯޓުގައި މަސައްކަތް ކުރާ އެހެން ދިވެހީންގެ ޙައްޤުތައް ހޯދައި ދިނުމަށް ކަމަށްބުނެ މަސައްކަތް ކުރަމުންނެވެ. އަދި ހޮނޑާފުށި ރިސޯޓުގެ މެނޭޖްމެންޓާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް ޝިމްހާޒް ބުނެފައިވެއެވެ.

އެކަމާއި ގުޅޭގޮތުން މިއަދު އެރިސޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމުވައްޒިފު ވަޒީފާއިން ވަކިކުރީ ޤަވާއިދާއި އެއްގޮތަށް ކަމަށާއި އޭނާގެ ޕްރޮބޭޝަން ދުވަސްވަރު ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ