އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެހެން ދީންތަކަށް ގޮވާލާ ފޮތްތައް ރާއްޖެއަށް އެތެރެކުރުން ބެލެހެއްޓުމުގަ ސަރުކާރު ސަތޭކަ އިންސައްތަ ފޭލްވެއްޖެ!

އެހެން ދީންތަކަށް ގޮވާލާ ފޮތްތައް ރާއްޖެއަށް އެތެރެކުރުން ބެލެހެއްޓުމުގަ ސަރުކާރު ސަތޭކަ އިންސައްތަ ފޭލްވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

އެހެން ދީންތަކަށް ގޮވާލާ ފޮތްތައް ރާއްޖެއަށް އެތެރެކުރުން ބެލެހެއްޓުމުގަ ސަރުކާރު 100% ފޭލްވެއްޖެ ކަމަށް ބުނަން މިޖެހެނީ އެފަދަ ފޮތްތަކެއް ރާއްޖެއަށް އެތެރެކޮށް ދަރުބާރުގޭގައި ވިއްކަމުން ގެންދަނިކޮށް ބޮޑު ފެއާއަކުން ރައްޔިތުން ނުކުމެ ހޯދީ ދާދި މިދާކަށް ދުވަހުއެވެ. މިހާރު މިއަޑުއިވެނީ އެފަދަފޮތްތަކެއް އެތެރެކޮށް ދަރިވަރުންނަށް ބެހިވާހަކައެވެ. ބެހުމުން ބެލެނިވެރިން ފަހަތުން ދުވަން ފެށުމުން ފޮތްތައް އަތުލާވާހަކައެވެ.

މިއިން ކޮންމެ ކަމެއްގައިވެސް ފަހަތުން ދުވަން މިޖެހެނީ ރައްޔިތުންނަށެވެ. ސަރުކާރަށް ކަމެއް ދެނެގަނެވޭނެ ގޮތެއް އޮންނަ ކަމަކަށް ނުވެއެވެ. ތަފާތު ފޮތްތަކަކީ ހަކުއެތެރެކުރާ މީހުން ދިރުވާލައިގެން ގޮހޮރުގައި އެތެރެކުރާ ފަދައިން އެތެރެކުރާ އެއްޗެއް ނޫނެވެ. 

ކަސްޓަމް އާއި އެމްޕީއެލް ފޭލިވީއެވެ. އެ ދެފަރާތް ޒިންމާދާރު ނުކުރެވޭ ދައުލަތް ނުވަތަ ސަރުކާރު ފޭލްވީއެވެ. ނުވަތަ ސަރުކާރު އެއް ލޯ މަރައިގެން ކުޅިބަލަން އޮތީއެވެ. މިކަމުގައި ސަރުކާރު ފޭލްވެއްޖެ ކަމަށް ނިންމަން ޖެހެނީ އެއްކަމެއް ތަކުރާރުވަމުންދާތީއެވެ. ކުރީ ފަހަރު ފޮތްތައް އެތެރެކުރި ފަރާތަށާއި ފޮތްތައް ކަސްޓަމްސް އިން ދޫކުރި ފަރާތާއިމެދު އެޅި ފިޔަވަޅެއް އެނގެން ނެތުމުންނެވެ.  ހަމަގައިމުވެސް ކަސްޓަމްސް އިން ދޫނުކުރާ ފޮތެއް ފެއާގައި ހުރެގެން ނުވާނެއެވެ. ސްކޫލްތަކަށް ބެހިގެންވެސް ނުވާނެއެވެ. 

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭން ބޭރުން ގެންނަ ބައެއް ޓީޗަރުންނާއި ޕްރިންސިޕަލުންގެ ކިބައިން ދަރިވަރުން ލާދީނީ ކުރުވުމުގެ އަމަލުތައް އަބަދުވެސް އަންނަނީ ފެއްނަމުންނެވެ. މައްސަލަތައް ފެނަމަތިވެ ފިޔަވަޅު ވެސް ގެންދަނީ އަޅަމުންނެވެ. އެހެންކަމާއިއެކުވެސް އެމީހުންގެ ކަންކަން ބަލާނެ އެއްވެސް ކޮމިޓީއެއް ނުއުފައްދައެވެ. މިނިސްޓްރީގެ 2 މުވައްޒިފަކާއި އެޖެންޓް ގުޅިގެން ފެންވަރު ނެތް ޓީޗަރުން ގެނައުމުގެ މައްސަލައަކީވެސް ހަމަ ކުރިމަތިވެފައި ހުރި މައްސލަތަކެވެ. ބިތުފަންގި ޕްރޮގްރާމުތަކުގައި ވަނީ މިކަންކަމުގެ މައްޗަށް ޑްރާމާ ވެސް ކުޅެފައެވެ. 

މިފަދަ ހުރިހާ ކަންކަމުން ސަރުކާރު ފޭލިވެ އަލެކްސް އުފާކުރާނެ ކަންކަން ހިނގަމުންދާތަން ފެންނަމުންދާއިރު މިފެންނަނީ ހާފިޡުން ގެނައުމަށް ހުރަސްތައް ކުރިމަތި ކުރުވަމުން ގެންދާ ތަނެވެ. މާތް ﷲ އަށް އެއްވެސް މިންވަރެއްގެ ލޯތޔްބެއް ހުރި ނަމަ ބަލަންވީ މިކަންކަމެއް ނޫންތޯއެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް