އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިލާ ކޮލެޖުގެ ޖެނުއަރީ ސެމިސްޓަރގެ ކިޔެވުން ފަށައިފި

ވިލާ ކޮލެޖުގެ ޖެނުއަރީ ސެމިސްޓަރގެ ކިޔެވުން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

ވިލާ ކޮލެޖުގައި 2020 ޖެނުއަރީ ސެމިސްޓަރގެ ކިޔެވުން ފަށައިފިއެވެ. ކިޔެވުން ފެށިފައިވަނީ އަލަށް ގުޅުނު ދަރިވަރުންނަށް 15 ޖެނުއަރީ 2020 ގައި ބޭއްވުނު އޮރިއެންޓޭޝަން ސެޝަނަކުންނެވެ. 

މި ސެޝަންގައި ދަރިވަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މި ވާހަކަފުޅުގައި ޑރ. އަންވަރު ވަނީ ދަރިވަރުންނަށް މަރުޙަބާ ކިޔުއްވާ، ފެށިގެންދާ ތަޢުލީމީ އާ ޙަޔާތުގައި ދަރިވަރުންނަށް ހިތްވަރު ދެއްވާފައެވެ. އެއަށްފަހު ވިލާ ކޮލެޖުގެ ސްޓުޑެންޓް އެސޯސިއޭޝަންގެ ފަރާތުން ވަނީ 2020 ވަނަ އަހަރަށް ރޭވިފައިވާ ހަރަކާތްތައް ސްޝަންގެ ބައިވެރިންނާއި ހިއްސާ ކޮށްފައެވެ. 

މި ސެޝަންގައި މިއަހަރުގެ ވިލާ ކޮލެޖުގެ ސްޓުޑެންޓް އެމްބެސެޑަރުން ވަނީ އިފްތިތާޙު ކޮށްފައެވެ. މި ދަރިވަރުންނަށް ހަނދާނީ ލިޔުން ދިނުމާއެކު، ސެޝަންގެ ބައިވެރިންނާއި އެ ދަރިވަރުން ވަނީ ވާހަކަ ދައްކާފައެވެ. 

މި އޮރިއެންޓޭޝަން ސެޝަން ހާއްސަ ކުރެވިފައި ވަނީ ޑިގްރީ އަދި މާސްޓަރސް ފެންވަރުގެ ދަރިވަރުންނަށެވެ. ސެޓްފިކެޓް ލެވެލް 3 އަދި ފައުންޑޭޝަން ދަރިވަރުންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އަދިވެސް ހުޅުވާލެވިފައި ވާއިރު، ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 30 ޖެނުއަރީ 2020 އެވެ.  

ވިލާ ކޮލެޖުގައި ހިންގާ ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓަރސް އަދި ޑިގްރީ  ކޯސްތައް ހިމެނެއެވެ.

ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި. ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖުގެ އަތޮޅުތެރޭގެ ކެމްޕަސް ތަކާއި ލަރނިންގ ސެންޓަރ ތަކުގައިވެސް ޖެނުއަރީ 2020 ސެމިސްޓަރގެ ކިޔެވުން ފެށިގެންދާނެއެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެގޮތުން ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓް އަށް ފީ ދެއްކޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ޑިގްރީ ޕްރޮގްރާމެއް ކިޔެވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް