އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީން ހުންނެވީ ކުރީގެ ދެ ރައީސުން ވެސް ހުންނެވި ތަނުގަ: ހޯމް މިނިސްޓްރީ

ރައީސް ޔާމީން ހުންނެވީ ކުރީގެ ދެ ރައީސުން ވެސް ހުންނެވި ތަނުގަ: ހޯމް މިނިސްޓްރީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

މަނީ ލޯންޑަރިންގެ ކޫށް ސާބިތުވެ ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި މައުމޫން އަބްދުލްޤައްޔޫމް ވެސް ޖަލުގައި ބަންދުކޮށްފައި ބެހެއްޓި ތަނުގައި ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މއ. ކާމިނީ ހުޅަނގުގޭ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ހުކުމް ތަންފީޒު ކުރަމުންދަނީ ކުރީ ސަރުކާރުގަ، ރައީސް ނަޝީދާއި ރައީސް މައުމޫން ނުޙައްޤުން ބަންދުކޮށްފައި ބެހެއްޓި ތަން އިތުރަށް ފެންވަރު ރަނގަޅު ކުރުމަށް ފަހުގައި ކަމަށެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީނަށް ޖަލުގައި ނުރައްޤުން އަނިޔާދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ބުނީ ރައީސް ޔާމީން ޖަލުގައި އޮންނަނީ ވަރަށް އާދައިގެ ގޮޅިއެއް ކަމަށާއި އެކަނިކުފާނާއި މެދު ޖަލުގައި ކަންތައް ކުރަނީ ވަރަށް ލާއިންސާނީ ގޮތެއްގައި ކަމަށެވެ. އަދި އެތައް ހައްޤުތަކުން އެމަނިކުފާނު މަހްރޫމްވެފައިވާ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްސަލައިގައި ހޯމް މިނިސްޓްރީން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެގޮތުން އެބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީންނަށް ކަށަވަރު ކޮށްދޭންޖެހޭ އަސާސީ، އަދި އިންސާނީ ހައްގުތަކާއި ފޯރުކޮށްދޭންޖެހޭ އިނާޔަތްތައްރައީސް ޔާމީނަށް އެއްވެސް ތަފާތުކުރުމެއްނެތި ފުރިހަމައަށް ފޯރުކޮށްދެމުންދާ ކަމަށެވެ.

"މީޑިއާގައި ފެތުރެމުންދާފަދަ އެއްވެސް ކަމަކާ ގުޅޭ ޝަކުވާއެއް މިހާތަނަށް، ދެންނެވުނު ގައިދީގެ ފަރާތުންވިޔަސް، އޭނާގެ ވަކީލުންގެ ފަރާތުން ވިޔަސް އަދި އޭނާގެ އާއިލާގެ ފަރާތުންވިޔަސް އުފުލާފައި ނުވާކަމުގައި ދަންނަވަމެވެ،" ހޯމް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ