އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީއެމްއޭއިން ރައީސް ނަޝީދަށް 13 މިލިއަން ޑޮލަރު ދީފިކަމުގެ ތުހުމަތު! ރައްޔިތުންނަށް 825 މިލިއަން ޑޮލަރު ގެއްލުން!

ޓީއެމްއޭއިން ރައީސް ނަޝީދަށް 13 މިލިއަން ޑޮލަރު ދީފިކަމުގެ ތުހުމަތު! ރައްޔިތުންނަށް 825 މިލިއަން ޑޮލަރު ގެއްލުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސް ރައީސް މުޙައްމަދު ނަޝީދަށް 13 މިލިއަން ޑޮލަރު ޓީއެމްއޭ އިން ދީފައިވާ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ޢަބްދުﷲ ތުހުމަތު ކުރައްވައިފިއެވެ. 

މެންބަރު ނަޝީދު ވިދާޅުވެފައިވަނީ "އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ މަޖިލީސް މެންބަރުންނާއި، ސަރުކާރު މެދުވެރިކޮށް އެ ވާހަކަތައް އޮއްބާލަން" ކަމަށެވެ. ގާނޫނާ ހިލާފަށް އަމަލުކުރާ މީހުންނާ ގާނޫނު އަރާ ހަމަ ކުރާނެ ދުވަސް އަންނާނެ" ކަމަށެވެ. 

އޭސީސީ އިން ހާމަކޮށްފައިވާ ހިސާބުތަކަށް ބެލުމުން ޓީއެމްއޭއަށް ސީޕްލޭން ޓަރމިނަލް ދީފި ނަމަ ދިވަހިރައްޔިތުންނަށް 825 މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ލިބިގެންދާނެއެވެ. އެއީ އަހަރަކު 55 މިލިއަން ޑޮލަރު ގެއްލުންވާނެއިރު 15 އަހަރުން ގެއްލުންވާނެ އަދަދެވެ. 

ޓީއެމްއޭއަށް ޓަރމިނަލް ދިނުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް އުޅޭކަމަށް ކުރެވޭ ތުހުމަތުތަކަކީ ޙަޤީޤަތެއް ކަމަށް ބެލެވޭ އެންމެ ބޮޑު އެއް ސަބަބަކީ އެކަން ކުރަންޖެހޭ އެއްވެސް ޤާނޫނީ އެއްބަސްވުމެއް ނެތުމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް