އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ރާއްޖެއަށް ކޮރޯނާ ވައިރަސް އަންނާނެ!"- މަޖިލީހުގެ ރައީސްގެ ދުލު ވިހަ ނުފޯރާށި! އާމީން

"ރާއްޖެއަށް ކޮރޯނާ ވައިރަސް އަންނާނެ!"- މަޖިލީހުގެ ރައީސްގެ ދުލު ވިހަ ނުފޯރާށި! އާމީން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

ދުލުން ނުބައި ބަސް ނުބުނުމަށާއި ދުލުވިންދު ހުއްޓައި ބުނެވޭ ބަހުގެ ދުލު ވިހަ ޖެހި ކިތަންމެ ބޮޑު ހިތާމައެއް ވެސް މެދުވެރިވެދާނެ ކަމަށް ކާފަމެން ބުނެއުޅުނެވެ. އަދި މިހާރު ތިބި ކާބަފައިންނާއި މާމައިންވެސް ބުނެއެވެ. 

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެއަށް ކޮރޯނާ ވައިރަސް އަންނާނެ. އެއީކީ ނުވެދާނެ ކަމެއް ގޮތުގައި ދެކެން ވަރަށް އުނދަގޫ ރާއްޖެއަށް ވަކި ނާންނަ އެއްވެސް ބައްޔެއް ދުނިޔެއަކު ނޫޅޭ. ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ނުދާ އެއްވެސް ބައްޔެއް ދުނިޔޭގަ ވެސް ނޫޅޭ،" މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދުވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކެވެ.

ފުރަތަމަ ވެސް ފާހަގަކުރަން ޖެހެނީ ބޮޑު ދޮގެވެ. ރާއްޖެއިން އަދި މިހައިތަނަށް ފެނިފައި ނުވާ ކިތަންމެ ބައްޔެއް ދުނިޔޭގައި އެބަ އުޅެއެވެ. އެއިގެ ތެރެއިން އެއް ބައްޔަކީ ސައުދީގައި ދޭތެރެ ދޭތެރެއިން ފެތުރެމުންދާ މިޑްލްއީސްޓް ކޮރޯނާ ވައިރަސްއެވެ. ދިވެހި ޙައްޖަށާއި ޢުމުރާއަށް ދެއެވެ. ސައުދީގެ ރެސްޓޯރަންޓްތަކުން ކައިވެސް ހަދައެވެ. ނަމަވެސް ރާއްޖެއަށް އެބަލި އަދި އައިކަމެއް އެނގޭކަށް ނެތެވެ. ވީމާ "ރާއްޖެއަށް ވަކި ނާންނަ އެއްވެސް ބައްޔެއް ދުނިޔެއަކު ނޫޅޭ" ކަމަށް ބުނެފިނަމަ އެހެދެނީ ވަރަށް ބޮޑު ދޮގެކެވެ. ވަރަށް ބޮޑު އޮޅުވައިލުމެވެ! 

ދުނިޔޭގައި ފެތުރި ޢާންމުވަމުން އަންނަ ބައްޔެއް ރާއްޖެއަށްވެސް ފޯރައިފާނެ ކަމަށް ބުނި ނަމަވެސް ތިމާއަށް ފެންނަ ގޮތް ކަމަށް ބުނެ "ރާއްޖެއަށް ކޮރޯނާ ވައިރަސް އަންނާނެ." ކަމަށް ބުނުމަކީ ޣައިބުގައި ވާންހުރި ކަންކަން އެނގޭކަމަށް ދައުވާ ކުރުމެވެ. 

ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ރޭގަނޑުގެ 3 ނަމާދުގައި މިގެންދަނީ މީހުން މަރުވެދާނެފަދަ ޖަރާސީމުތަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަމުންނެވެ! ދިވެހިރައްޔިތުންގެ ދުޢާ އިޖާބަ ނުކުރައްވަވާނެކަން ރައީސް ނަޝީދަށް އެނގިވަޑައިގަތީ ކިހިނަކުންބާވައެވެ! ހަމަ ޔަޤީނުންވެސް ކޮރޯނާ ވައިރަސް ރާއްޖެއަށް އައުމަށް އެދޭ ހަމައެކަކުވެސް ނެތެވެ. 

ނަމާދުގެ ޖަމާއަތުގައިވެރިވެ އަތް ނުއުފުލާ މީހުންނާއި އަތް އުފުލާ މީހުންގެ ވެސް ދުޢާއަކީ ކޮރޯނާ ވައިރަސް އާއި އެހެންވެސް ބަލިތަކުން ދިވެހިން ސަލާމަތްކޮށްދެއްވެވުމެވެ. "ހައްދަވައި ގެންގުޅުއްވަވާ އިލާހް! ވިސްނައި ނުލައި ތިބެ ނަމަވެސް ވިސްނާފައި ނަމަވެސް މިފަދަ ބަސްތައް ބުނާ މީހުންގެ ދުލު ވިހައިންނާއި ކޮރޯނާ ވައިރަސް ފަދަ ނުރައްކާތެރި ބަލިތަކުން އަޅަމެންނާއި އެންމެހައި މީސްތަކުން ސަލާމަތްކޮށްދެއްވަވާނދޭވެ! އާމީން"

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު