އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާއިން ސަލާމަތްވުމަށް ހޯދަނީ ޞިއްޙީ ޚިދުމަތްތެރިންގެ ލަފާ! އިދިކޮޅު ފަރާތްތަކާ ވާހަކަ ދައްކަން!: ރައީސް ޞާލިޙް

ކޮރޯނާއިން ސަލާމަތްވުމަށް ހޯދަނީ ޞިއްޙީ ޚިދުމަތްތެރިންގެ ލަފާ! އިދިކޮޅު ފަރާތްތަކާ ވާހަކަ ދައްކަން!: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ރާއްޖެއަސް ކުރިމަތިވެފައިވާ ކޮރޯނާގެ ޙާލަތުން އަރައިގަތުމަށް ކުރއްވާ މަސައްކަތުގައި ލަފާ ހޯއްދަވަނީ ޞިއްހީ ޚިދުމަތްތެރިންގެ ކިބައިން ކަމަށާއި ނަމަވެސް އިދިކޮޅު ފަރާތްތަކާއި ވެސް ވާހަކަފުޅު ދައްކަވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ރައީސް ޞާލިހް މިއަދު ވިދާޅުވީ ކޮރޯނާ ވައިރަސް އިން ސަލާމަތްވުމަށް ކުރަމުން ގެންދާ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތުވަނީ އއާންމުކޮށް ހުޅުވާލެވިފައި ކަމަށެވެ. އެކަމުގައި އެއްކޮޅެއް ދެކޮލެއް ވަކި ކުލައެއް ނެތްކަމަށެވެ. ހުރިހާ އެންމެންވެސް ނަން ނޯޓުކޮށް އެހީތެރިވާންވީ ކަމަށެވެ. 

ރައީސް ޔާމީނުގެ މައްސަލައިގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ މަޢާފް ކުރެއްވެނީ ވަކި އުޞޫލަކުން ކަމަށާއި ވަކި މީހަކާއިމެދު ޚާއްބަ ފިޔަވަޅެއް އަޅުއްވަން ނިންމަވާފައި ނުވާ ކަމަށެވެ. 

ރައީސް ޞާލިޙް ވިދާޅުވީ ކޮންމެ ޙާލަތެއްގައިވެސް އެމަނިކުފާނު ހުންނަވާނީ ރައްޔިތުންނާއިއެކުގައި ކަމަށާއި އެމަނިކުފާނުގެ ޙާލުކޮޅު ﷲ ވާގިފުޅާއިއެކު މިވަގުތު ރަނގަޅު ކަމަށެވެ. އަދި އެމަނިކުފާނުގެ އަމިއްލަފުޅު ޞިއްހަތަށްޓަކައި ވަކި ޚާއްޞަ ފިޔަވަލެއް ނުއަޅުއްވާނެ ކަމަށެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް