އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފި

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

މިބިލަކީ 18 މާރިޗު 2020 ވި ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެވެ. މިބިލުގައި އިޞްލާޙު ހުށަހަޅާފައި ވަނީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އަށެވެ.

ބިލުގެ 60 ވަނަ މާއްދާގެ (ށ)ގައި ވަނީ ޓެރެފިކް ކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމެޓީ އެކުލެވިގެންވާގޮތެވެ. އެގޮތުން މި މާއްދާގެ ދަށުން އުފައްދާ ކޮމިޓީ އެކުލެވިގެންވާނީ، އެކި ދާއިރާތަކުން ޢައްޔަންކުރެވޭ 10 (ދިހައެއް) މެންބަރުންގެ މައްޗަށްކަމަށް ބަޔާންކޮށް އެ ދިހަ ދާއިރާ މި އިޞްލާޙުގައި ހިމަނާފައިވެއެވެ. މި މާއްދާ އިޞްލާޙުކުރުމުގެ ކުރިން އެ މާއްދާގައި އޮންނަނީ މި ކޮމެޓީގައި ހިމެނޭނީ އެކި ދާއިރާތަކުން ޢައްޔަންކުރެވޭ 14 މެންބަރުންގެ މައްޗަށް ކަމާއި އެ 14 ދާއިރާ ހިމަނުއްވާފައެވެ.

ބިލު ތަޞްދީޤުވެ ޤާނޫނަކަށްވާ ދުވަހުން ފެށިގެން އަމަލުކުރަން ފަށާގޮތަށް ފާސްކޮށްފައިވާ މި އިޞްލާހުގައި ބުނާ ( ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ބަޔާންކުރާ) ކޮމެޓީ މި ޤާނޫނު ތަސްދީޤުވާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެކުލަވާލަންވާނެކަމަށް އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. އަދި އައު ކޮމެޓީ އެކުލަވާލެވެންދެން ކުރިން އޮތް ކޮމެޓީ ދެމި އޮންނާނެކަމަށްވެސް އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

 

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަހުމަދު