އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަށި ވަރުގަދަ ކުރުމަށާއި ގައިގާ ބާރު ޖެއްސުމަށް މިއީ އެންމެ އެކަށޭނަ އެއް ޖޫސް!

ކަށި ވަރުގަދަ ކުރުމަށާއި ގައިގާ ބާރު ޖެއްސުމަށް މިއީ އެންމެ އެކަށޭނަ އެއް ޖޫސް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

ކަށްޓަކީ ހަށިގަނޑުގައި ހިމެނޭ އެންމެ މުހިންމު އެކައްޗެވެ.

ހަށގަނޑުގެ މަސްތައް ހިފެހެއްޓުމަށް ބާރު އަޅައިދެނީ ކަށީގެ ސަބަބުންނެވެ.

ކަށްޓަށް ގެއްލުމެއް ލިބިއްޖެނަމަ ހިނގާބިނގާވެ އުޅުމަށާއި ހެލިފެލިވެ އުޅުމަށްވެސް ދަތިވެއެވެ. އާއްމު ދިރިއުޅުމުގައި އުޅޭއިރު ހަށިގަނޑުގައި އެހާ ބާރު ނެތިއްޖެނަމަ، އެކިއެކި ކަންތައްތައް ކުރަން ދަތިވެއެވެ. އަދި ސިއްޙީ އެތަކެއް މައްސަލަތައް ވެސް ޖެހެއެވެ.

ވީމާ، ތިމާގެ ހަށިގަނޑަށް ބަލައިގެން އުޅޭ ފަދައިން ކަށްޓައް ވެސް ވަރަށް ރަނގަޅަށް ބަލައިގެން އުޅެން ޖެހެއެވެ.

އާއްމު ގޮތެއްގައި ކަށްޓަށް އެންމެ ފައިދާހުރި އެއްޗެއް ކަމުގައި އެނގިފައިމިވަނީ ކިރެވެ. ކިރުގައި ހިމެނޭ ކެލްސިއަމްގެ ބާވަތުގެ ސަބަބުން ކަށި ވަރުގަދަވާކަމީ އެންމެންވެސް އެއްބަސްވާކަމެކެވެ.

ކިރާއި އެއްފަދައިން ޖޫހުން ވެސް ކަށިތައް ވަރުގަދަވެ، ގައިގާ ވަރުޖެހޭކަން އެނގެނީ މަދު ބަޔަކަށެވެ. ގޭގައި ފަސޭހަ ކަމާއިއެކު ތައްޔާރު ކޮށްލެވޭ މިޖޫހުން ކަށިތައް ވަރުގަދަވުމުގެ އިތުރުން ގައިގާ ވަރުޖެހި އަދި ހަންގަނޑުވެސް އަލިކޮށްދެއެވެ.

 

މިތަފާތު ޖޫސް ތައްޔާރު ކޮށްލުމަށް ބޭނުންވާ ތަކެތި:

- ދޮޅު ޖޯޑު ސްޕިނޭޗް (ރޯކޮށް ހުންނަ)

- ބައި ޖޯޑު އޮރެންޖް ޖޫސް

- 1 ކިއުކަމްބާ (ކޮށާފައި)

- 2 ފެހި އާފަލު (ކުދިކޮށް ކޮށާފައި)

- އިނގުރު ކޮޅެއް

 

ތައްޔާރު ކުރާނެ ގޮތް:

- ކޮށާފައިހުރި ފެހި އާފަލުކޮޅު މިކްސަރ ތެރެއަށް އަޅާފަ ގިރާލައްވާށެވެ. އެއަށްފަހު ސްޕިނޭޗްކޮޅު ތަނޑިން ވަކި ކޮށްލުމަށްފަހު އާފަލުކޮޅާއި އެއްކޮށްލައްވާށެވެ. ދެން އެއަަށްފަހު ކިއުކަމްބާ ކޮޅާއި އިނގުރު ކޮޅުވެސް މިކްސަރ ތެރެއަށް އަޅާ ގިރާލުމަށްފަހު ރަނގަޅަށް ހިމުންވުމުން އޭގެ ތެރެއަށް އޮރެންޖު ޖޫސްފޮދު އަޅާ އެހުރިހާ އެއްޗަޚާއި އެއްކޮށްލައްވާށެވެ. ޖޫސް ތައްޔާރުވުމަށްފަހު މާބޮޑަށް އޮލަނަމަ، ކުޑަ ފެންފޮދެއް އަޅާލުންވެސް ރަނގަޅުވާނެއެވެ. ފިނިކޮށް ޖޫސްބޯން އާދަވެފައިވާ ފަރާތްތަކުންނަށް އައިސްކިއުބް އަޅައިގެން ވެސް މިޖޫސް ބޮވިދާނެއެވެ.

ހަފްތާއެއް ވަންދެން ކޮންމެ ދުވަހެއްގެ ހެނދުނު ގަޑީގައި މިބުއިން ބޭނުން ކުރުމުން ކަށި ވަރުގަދަވެ ހަށިގަނޑުގައި ބާރު ޖެހޭނެ ކަމަށް ސިއްޙަތާއި ބެހޭ މާހިރުން ވިދާޅުވެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ