އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ ވައިރަސް އާއި ގުޅިގެން ވަރަށް ގިނަ ބައަކަށް ސަރުކާރުން އެހީތެރިވެއްޖެ!: ރައީސް ޞާލިޙް

ކޮރޯނާ ވައިރަސް އާއި ގުޅިގެން ވަރަށް ގިނަ ބައަކަށް ސަރުކާރުން އެހީތެރިވެއްޖެ!: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 51 ސިކުންތު

ރާއްޖެއަކީ އިޤްޠިޞާދީ ދަތިތައް ކުރިމަތިވެފައިވާ ޤައުމެއް ނަމަވެސް ކޮރޯނާ ވައިރަސް އާއި ގުޅިގެން ވަރަށް ގިނަ ބައަކަށް ސަރުކާރުން އެހީތެރިވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19“ އާ ގުޅޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުން: 

މި ބަލި މާލޭގައި ފެތުރެން ފެށިފަހުން، މިއަދުގެ މިހާތަނަށް 1186 މީހަކަށް މި ބަލި ޖެހިފައިވާކަން ކަށަވަރުވެއްޖެ. އެއީ 420 ދިވެހިންނާއި 766 ބިދޭސީން. އަދި އޭގެ ތެރެއިން މިހާތަނަށް 91 މީހަކަށްވަނީ މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ޝިފާ ލިބި، ބަލިން ފަސޭހަވެފައި. އަދި މި ބަލީގައި ދުނިޔެ ދޫކުރެއްވި 4 ބޭފުޅުންނަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ކުރަން.

ރާއްޖޭގައި މި ބަލި ފެތުރޭ ގޮތުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މަހެއްހާ ދުވަހުގެ ތެރޭގައި، ހާހެއްހާ މީހުންނަށް މި ބަލި ޖެހިއްޖެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ބަލި ފެތުރިގެންދާނެކަމަށް، ކުރިން އަންދާޒާކުރި މިންވަރަށް ބަލި ނުފެތުރުމަކީ، މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން އެޅި ފިޔަވަޅުތަކުގެ ނަތީޖާ.

އޭގެ ސަބަބަކީ، ޞިއްޙީ ޚިދުމަތްތެރިންގެ ލަފަޔާ އެއްގޮތަށް، މާލެ ސަރަޙައްދު ފުރަބަންދުކޮށް، ޢާންމު ޙަރަކާތްތަކާއި ދަތުރުފަތުރުތައް ހުއްޓުމަކަށް ގެނައުމާއެކު، ރައްޔިތުން އެކަންކަމަށް އިޖާބަދީ ކެތްތެރިކަމާއެކު އެއްބާރުލުން ދެއްވުން.

މާލެ ތެރޭގައި މި ބަލި ފެތުރެން ފެށި ދުވަސްވަރު، ބައްޔަށް ޕޮޒިޓިވްވާ ކޮންމެ މީހެއްގެ ކޮންޓެކްޓުންގެ ގޮތުގައި އެވްރެޖްކޮށް 36 މީހުން ފާހަގަ ކުރެވެނު. ނަމަވެސް މިހާރު މި ބައްޔަށް ޕޮޒިޓިވްވާ ކޮންމެ ދިވެއްސެއްގެ ކޮންޓެކްޓުންގެ ގޮތުގައި އެވްރެޖް ގޮތެއްގައި ފާހަގަކުރެވެނީ 7 މީހުން

އެހެންކަމުން، ފުރަބަންދުގެ ދަތިތަކާއި އުނދަގޫތައް ތަޙައްމަލްކުރައްވައި، މި ބަލި ކޮންޓްރޯލް ކުރުމުގައި ރައްޔިތުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން، އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑަށް އެނގޭ، އެންމެ ދެ ތިން ދުވަހަށް މާލެ އައިސް، ނުވަތަ ތުއްތު ދަރިފުޅު ރަށުގައި ބަހައްޓާފައި ބޭހަށް މާލެ އައިސް، އެތައް ދުވަހެއް ވަންދެންވެސް މާލޭގައި މީހުން އެބަ ތިބިކަން.

ރިޒޯޓު މުވައްޒަފުން ކަރަންޓީން ނިމި، އެނބުރި ރަށަށް ދިޔުމަށްޓަކައި މާލެއިން ފުރަން އުޅެނިކޮށް، އަނެއްކާ މާލޭގައި ބަންދުވި ކިތަންމެ ބަޔަކު އެބަތިބި. ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި ތިބި ކިތަންމެ ބަޔަކުވެސް ނުފުރިފައި އެބަތިބި.

ހަމައެފަދައިން ރާއްޖެއިން ބޭރުގައި ތިބި ކިތަންމެ ދިވެހިންނެއް ރާއްޖެ ނާދެވިފައި އެބަތިބި. މިފަދަ ޙާލަތްތަކުގައި ތަޙައްމަލް ކުރައްވާ ކެތްތެރިކަމަށްޓަކައި، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.

"ކޯވިޑް-19" އާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު ވީހާވެސް ކުޑަކުރުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވިއްޖެ. އޭގެތެރޭގައި މި ބައްޔާ ސީދާ ގުޅުން ނެތް ކިތަންމެ ކަމަކަށް، ސަރުކާރުން މިހާރުވަނީ ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައި.

ފުރަބަންދުގެ ސަބަބުން މާލޭގައި ބަންދުވެފައި ތިބި މީހުންގެ ތެރެއިން، ކޮންމެހެން ރަށަށް ދާންޖެހޭ ކަމަށް ފާހަގަކުރެވެނު 1800 މީހުންގެ ތެރެއިން 1078 މީހަކު ރަށްރަށަށް ގެންދިއުމަށްޓަކައި ކަރަންޓީނަށް ފޮނުވިއްޖެ. އަދި ބާކީ ތިބި މީހުން، މިމަހު 24ގެ ނިޔަލަށް ކަރަންޓީނަށް ފޮނުވޭނެ. އަދި އިއްޔެގެ ނިޔަލަށް 3016 މީހަކު މާލެ އައުމަށް ހުއްދަ ދެވިއްޖެ.

މާލެއިން ރަށްރަށަށް ދާ މީހުން، ވަކި މުއްދަތަކަށް ކަރަންޓީނުގައި ބައިތިއްބަން މިޖެހެނީ، ރަށްރަށުގައި މިބަލި ފެތުރުމުގެ ފުރުޞަތު ހަނިކުރުމަށް. މާލޭގައި މި ބަލި ފެތުރިފައިވާތީ، މާލެއިން ރަށްރަށަށްދާ މީހުން، އެމީހެއްގެ ރަށުގައި ކަރަންޓީނު ކުރުމަކީ ރައްކާތެރި ކަމެއް ނޫން. އެއީ، އެ ރަށްރަށުންވެސް ބޭނުންވާ ގޮތެއް ނޫން.

އަޅުގަނޑުމެންނަށް ކުރެވޭ ކިތަންމެ ކުޑަ ކަމެއްގެ ސަބަބުން ވިޔަސް، އެއްވެސް ރަށެއްގައި މި ބަލި ފެތުރެން ފަށައިފިނަމަ، އެ ރަށެއްގައި މި ބައްޔާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް މާ ބުރަވާނެ. އެރަށެއްގައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ސަބަބުން، އެ ރަށެއްގެ ރައްޔިތުންނަށް، މާގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ރައްޔިތުންނަށް ދަތިވާ މިފަދަ ކޮންމެ ވަގުތެއްގައި އެހީތެރިވުމަކީ، ސަރުކާރުގެ އެންމެ އިސް ވާޖިބު. ދައުލަތުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން، މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް ވީ އެންމެ ރަނގަޅަކަށް މިކަމުގައި އެހީތެރިވެދޭނަން.

ވިޔަފާރިތަކަށާއި އެކި ކަންކަމަށް، އަމިއްލަ މީހުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރުމުގެ ޕްރޮގްރާމްގައި، އެޗް.ޑީ.އެފް.ސީ. އާއި އެމް.އެފް.އެލް.ސީ އަދި އެސްޑީ.އެފް.ސީ އާއި ރާއްޖޭގައި ހިންގާ 8 ބޭންކު މިހާރު ވަނީ ބައިވެރިވެފައި. މި ދެންނެވި ތަންތަނުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް 15000 އަށްވުރެ ގިނަ ލޯނުގެ މުއްދަތު ވަނީ ފަސްކޮށްދީފައި. އޭގެ ތެރެއިން 83 އިންސައްތަ ލޯނަކީ، އާދެ، 13199 ލޯނަކީ ބީ.އެމް.އެލް އިން ދޫކޮށްފައިވާ ލޯނުތައް.

ބީ.އެމް.އެލް މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ރިޒޯޓުތަކާއި އަމިއްލަ ވިޔަފާރިތަކުން ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން 157 ހުށަހެޅުމަކަށް ލޯނު ދޫކުރަން ނިންމައި، އޭގެތެރެއިން 98 ވިޔަފާރިއަކަށް މިހާރު ވަނީ ލޯނު ދޫކޮށްފައި.

ކުދި ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް، އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ލިބުނު ހުށަހެޅުންތަކުގެ ތެރެއިން، 396 ވިޔަފާރިއަކަށާއި އަމިއްލަ މަސައްކަތްކުރާ 134 މީހަކަށް، (ޖުމްލަ 530 ފަރާތަކަށް) ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ.

ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މީހުންނަށްވެސް، ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް، ޚާއްޞަ ޕެކޭޖެއް ކަނޑައެޅިފައި އެބައޮތް. އެފަދަ މީހުން ދެނެގަނެ، އެއިން ކޮންމެ މީހަކަށް، މަހެއްގެ މައްޗަށް 5000 ރުފިޔާގެ ރޭޓުން މިހާރު އަންނަނީ އެލަވަންސް ދޫކުރަމުން.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް