އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖުލައި މަހު ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލަނީ، އިތުރު ފީއެއް ނުނަގާ!

ޖުލައި މަހު ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލަނީ، އިތުރު ފީއެއް ނުނަގާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު

އިތުރު ފީއަކާއިނުލާ ޖުލައި މަހު ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލަން ނިންމައިފިއެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ޖުލައިމަހު ހުޅުވާލުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަތުން އިތުރު ފީއެއް ނުނަގާނެ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އެމިނިސްޓްރީން މިހެން ބުނެފައިވާއިރު ފަތުރުވެރިކަން އަލުން ފެށުމަށް އެކުލަވާލި ޑްރާފްޓް ގައިޑްލައިނުގައި ވަނީ އިތުރު ފީތަކެއް ނެގުމަށް ހިމަނާފައެވެ. އެގޮތުން ކޮވިޑަށް ޓެސްޓްކުރަން ކޮންމެ ފަތުރުވެރިއެއްގެ އަތުން 100 ޑޮލަރު ނެގުމަށާއި ޖެޓް ތަކުގެ ލޭންޑިން ފީގެ ގޮތުގައި 50،000 ޑޮލަރު ނެގުމަށް ވެސް ހިމަނާފައިވެއެވެ.

ނަމަވެސް އެކަމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތަށް އަމާޒުވުމުން ޓޫރިޒަމް މިނިސްޓަރ އަލީވަހީދު ދާދިފަހުން ވިދާޅުވެފައިވަނީ ، އެފީތައް މިހާރު ނުނަގާގޮތަށް ނިންމާފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ