އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކަމު ގޮސްފަ ހުރީ ފުރުޤާން އަދި ވިޔަފާރިވެރިންގެ މިސްކިތަށް! ވެހޭ ވާރެއާއެކުވެސް އިބްރާހީމީ މިސްކިތު ގޯތިން ވަސްބައްލަވާލައްވާ!

ކުޑަކަމު ގޮސްފަ ހުރީ ފުރުޤާން އަދި ވިޔަފާރިވެރިންގެ މިސްކިތަށް! ވެހޭ ވާރެއާއެކުވެސް އިބްރާހީމީ މިސްކިތު ގޯތިން ވަސްބައްލަވާލައްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

މިސްކިތުގައި ނިދުމާއި ކުޑަކަމު ދިއުމުގެ އުނދަނގޫތައް އެންމެ ބޮޑުވެފައިވަނީ އަމީނީ މަގުގައި ހުރި ވިޔަފާރިވެރިންގެ މިސްކިތަށާއި ފުރުޤާން މިސްކިތަށެވެ. މިސްކިތުގެ މަތީބުރީގައި ނިދިމާއި ނަޖިސްކުރުމަކީ ގިނައިން ކުރަމުން އަންނަ ކަންކަމެވެ. 

އިބްރާހީމީ މިސްކިތަކީ އެންމެ ގިނަ ބައަކު ހިނގައި ހަރަކާތްތެރިވާ މަޝްހޫރު ސޯސަން މަގު މަޖީދީމަގު ހަތަރު އަނގޮޅީގައި ހުރި މިސްކިތެކެވެ. އެމިސްކިތުގެ ފާޚާނާތައް ކައިރިން އެތެރޭކަނުން ކުޑަކަމުދާ ތަކެތީގެ ވަސްދުވަނީ މަތިމައްޗަށް 10 މާސްކް އެޅިނަމަވެސް ނުކެނޑޭވަރަށެވެ. 

މިސްކިތްތައް ބަންދުކުރީންސުރެ އެތަނުން ދުވާ ނުބައިވަސް ކިރިޔާވެސް ކުޑަކޮށްދެނީ ވެހޭ ވާރެއެވެ. ވެހެމުންދާ ވާރެއާއިއެކުގައިވެސް މިސްކިތުގެ އެ ސަރަހައްދުގެ ވަސް ބައްލަވައިލެއްވުމުން މިކަންކަން ބަލަހައްޓަންޖެހޭ ފަރާތްތަކަށް ސަމާލުކަން ދެވިފައި އޮތްވަރު އެނގިވަޑައިގަންނަވާނެއެވެ! ތަޖުރިބާ ކޮށްލައްވާށެވެ! 

މިސްކިތްތައް ހުޅުވައި ނަމާދުކުރަން ފަށާއިރު ސަފުހަދައި މީހުން ސަފުގައި ތިބޭނެ ދުރުމިނާއިމެދު ޢިލްމުވެރިން ބަހުސްކުރައްވަމުން ގެންދަވާ ވާހަކަ އެބައަޑު އިވެއެވެ. 

މިކަމާއި ގުޅިގެން ބައެއް މީހުން ބުނަނީ މިވަގުތު މުހިންމީ މިސްކިތުގެ ފްލޮރ ސްޕޭސްއަށް ބަލައި 20 ފޫޓުން 20 ފޫޓުން މީހުން ތިބެން ނަމަވެސް މިސްކިތްތައް ހުޅުވައި ނަމާދުކުރެވޭނެ ގޮތް ހަދައި ދިނުން ކަމަށެވެ. އެއިރުން ނަމާދުކުރުމުގެ ފުރުޞަތުވެސް ލިބޭނެ ކަމަށާއި މިސްކިތުގެ ސާފުތާހިރުކަން ވެސް ބެލެހެއްޓޭނެ ކަމަށެވެ. 

"މިވަގުތު ޢިލްމުވެރިން އެންމެ ބޮޑު ސަމާލުކަމެއް ދެއްވަންވީ މިސްކިތް ހުޅުވައި އެތަންތަނުގެ ޙުރުމަތްތެރިކަން ދެމެހެއްޓުމަށް! މިސްކިތްތައް ނަޖިސްކުރުން ހުއްޓުވުމަށް! ސައތައިން މުސްލިމް ޤައުމަކުންފެންނަމުން މިދަނީ ފެނިގެން ނުވާނެ ކަންކަން!" ކަމަށް ބިނެ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

އިތުރު ބައެއް މިސްކިތްތަކާޤއިބެހޭ ގޮތުން ދަނީ މައުލޫމާތު ލިބެމުނެވެ. މާތް ﷲ ވާގިފުޅާއިއެކު އެމައުލޫމާތުތައް ހާމަކުރަމުން ގެންދާނަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް