އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު
މާދަމާއިން ފެށިގެން މާލެ ސަރަހައްދުގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރަން ފަށާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ މާދަމާއިން ފެށިގެން މިހާރު އޮތް ޙާލަތަށް ލުއިތަކެއް ދެއްވަވާނެ ކަމަށާއި އެއިގެ ތެރޭގައި ޖަމާއަތުގައި ނަމާދުކުރަން ފެށުން ވެސް ހިމެނޭ ކަމަށެވެ.
މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކުރީ 18 މާރިޗްގައެވެ. އެއަށްފަހު މިސްކިތްތައް އެކުގައި ބަންދުވެސް ކުރިއެވެ. އަލުން މިސްކިތްތައް ހުޅުވީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
މިސްކިތްތައް 14 ވަނަ އަލުން ހުޅުވިއިރު ޖަމާޢަތުގައި ނަމާދުކުރުން މަނާކޮށްފައި އޮތީ ކޮރޯނާ ވައިރަސް އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރަށެވެ! އަލުން ޖަމާޢަތުގައި ނަމާދުކުރަން ފެށުމުގެ ހުއްދަ ލިބިގެންދިއުމަކީ މުސްލިމުންނަށް ލިބުނު އެންމެ އުފާވެރި ޚަބަރެވެ! މާތް ﷲ ގެ ރަޙްމަތް ދިވެހިންނަށް އަަބދުވެސް ވަރަށް ބޮޑެވެ. ދުޢާއަކީ ކޮރޯނާ ވައިރަސް ރާއްޖެއިން ފިލައި ބަލީގެ ނުރައްކަލުން ސަލާމަތްކޮށްދެއްވެވުމެވެ.
ދުނިޔޭގައި ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއިއެކު ރާއްޖޭގެ މިސްކިތްތަކުގައި އަންނަނީ ޤުނޫތު ކިޔަމުންނެވެ! އެކަމުގެ ނަތީޖާ ފެނިގެން ދިއައީ ވެސް ވަރަށް ރަނގަޅަށެވެ. ކޮރޯނާގެ ނުރައްކާތެރިކަން ފެތުރިގެންދާނެ ކަމަށް
ލަފާކުރި މިންވަރާއި ގާތަކަށްވެސް ފެތުރިގެން ނުދެއެވެ. ބަލީގައި މަރުވީވެސް ދުނިޔޭގެ ނިޞްބަތުން ވެސް އެންމެ މަދު އަދަދަށެވެ. ޝުކުރު އަލްޙަމްދުލިﷲ
Advertisement
30 ޖޫން 2020