އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގަ ހުކުރުކުރަން ފަށަނީ!

މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގަ ހުކުރުކުރަން ފަށަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

މާދަމާ، 10 ޖުލައި 2020 ވާ ހުކުރު ދުވަހުން ފެށިގެން މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުން ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުކުރަށްދާއިރު މުސައްލަ ގެންދިއުމާއި މާސްއަޅައިގެން ދިއުމާއި ގެއިން ވުޟޫކޮށްގެން ދިއުން ފަދަ މިސްކިތަށް ނަމާދަށް ދިއުމާއި ގުޅިގެން ކޮށްފައިވާ އިލްތިމާސްތަކަށް ޢަމަލުކުރުމަށް އެދޭ ކަމަށެވެ.

15 މާރޗްގައި މާލެ ލޮކްޑައުންގެ ޙާލަތަށް ދިއުމާއި ގުޅިގެން މާލެ ސަރަހައްދުގައި ހުކުރު ނަމާދުކުރުންވެސް ވަނީ ހުއްޓާލައިފައެވެ.

ހުކުރަކީ ވަރަށް ގިނަބައަކު ޖަމާވާނެ ނަމާދަކަށްވުމުން ހަމައެކަނި ސަޖިދަ ޖަހާނެ ކުޑަމުސައްލައެއް ގެންދިއުމުގެ ބަދަލުގައި އެމީހަކަށް މުސަލަމަތީގައި އިނދެވޭވަރުގެ މުސައްލައެއް ގެންގޮސް މުސައްލަމަތީ އިނުމަކީ ރައްކައުތެރިކަމުގެ ގޮތުން މިވަރު ވަރަށް މުހިންމު ކަމެކެވެ.

ހަމައެއާއިއެކު ހުން އައުމާއި ކެއްސައި ކިނބިހިއެޅުމާއި މިނޫންވެސް މިފަދަ ޢަލާމާތްތައް ހުރި މީހުން ހުކުރަށް އަދި މިސްކިތަށް ނިދިއުމަކީ ވަރަށް މުހިންމުކަމެއްކަން ހުރިހާ ފަރާތްތަކަކުން ފާހަގަކުރަމުން ގެންދާއިރު މަދުބައަކު ނަމަވެސް ޢަމަލުނުކުރާކަމާއި އެއީ ދެވަނަ ފަހަރަށް ބަލި ފެތުރުން އިތުރުން ވެގެން ދިއުމަށް މެދުވެރިވެދާނެ ސަބަބެއް ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް