އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދީނީ ޢިލްމުވެރިންނަށް އެމްޑީއެން މައްސަލައިގެ މައުލޫމާތު ދެއްވިއިރު ކޮބައިތޯ އުތުރިއަރާ އުތެމަ މައްސަލަ؟

ދީނީ ޢިލްމުވެރިންނަށް އެމްޑީއެން މައްސަލައިގެ މައުލޫމާތު ދެއްވިއިރު ކޮބައިތޯ އުތުރިއަރާ އުތެމަ މައްސަލަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ޕޮލިސް ލައިފްގައި ބުނެފައިވަނީ މިއަދު ޝަހީދު ޙުސައިން އާދަމް ބިލްޑިންގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އިލްމުވެރިންގެ ގުޅުމުން ފާހަގަކުރެއްވި ކަންކަން އަޑުއައްސަވައި، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމް.ޑީ.އެން) އާ ގުޅޭގޮތުން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދެއްވާފައި ކަމަށެވެ. 

މިހާރު އުތުރިއަރަމުންދާ އުތެމައިގެ މައްސަލަ ފުލުހުންނަށް ހުށަހަލާފައިވާއިރުވެސް އެ މައްސަލަ ޢާއިބެހޭ އެއްވެސް މައުލޫމާތެއް ދެއްވި ކަމަކަށް އެ ޚަބަރަކު ނެތެވެ. އަމިއްލަ ފަރާތަކުން ވަނީ އުތުރިއަރާ އުތެމައިގެ މައްސަލަ ޖޫން މަހުގެ ފަހުކޮޅު ފުލުސް އޮފީހަށް ވެއްދުމުން މައްސަލަ ރަޖިސްޓްރީޚުރިކަމުގެ ލިޔުން ދީފައިވަނީ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ. މައްސަލަ ކުރިއަށް ގެންދަން ފުލުހުން މިހައިތަނަށް ކުރި އެއްވެސް ކަމެއް މައްސަލަ ހުށަހެޅިފަރާތަށް އެނގިފައެއް ނުވެއެވެ.

އެޚަބަރުގައި އިތުރަށް ވަނީ:

ކޮވިޑް 19 ގެ ތެރޭގައި ހުރިހާ ދީނީ އިލްމުވެރިން ގައުމީ އެއްބައިވަންތަކަން އިސްކުރައްވައި، ކަންކަމުގައި ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. ހަމައެއާއެކު ދިވެހި ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކުރުމުގައި ފުލުހުންގެ ދައުރު އަދާކުރުމުގެ ތެރެއިން ކުރަންޖެހޭ ކަންކަން އެއްވެސް ފަސްޖެހުމެއް ނެތި ކުރަމުންދާނެ ކަމުގެ ޔަގީންކަން އެރުއްވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމުގެ ތެރެއިން އިލްމުވެރިންނާއި ގުޅިގެން ކުރެވޭކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވެލެއްވި އިލްމުވެރިންވަނީ އެބޭފުޅުން ސާފުކުރަން އެދުނު މައުލޫމާތުތައް ސާފުކޮށްދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ

މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންގެ އިތުރުން އިލްމުވެރިންގެ ފަރާތުން ފަސް ބޭފުޅުން ބައިވެރިވެލެއްވިއެވެ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް