އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލެ ސިޓީގައި އަލުން ކާފިޔުހިންގަންއުޅޭކަމުގެ ޚަބަރު އެބަ ފެތުރޭ!

މާލެ ސިޓީގައި އަލުން ކާފިޔުހިންގަންއުޅޭކަމުގެ ޚަބަރު އެބަ ފެތުރޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

މާލެ ސިޓީގައި އަލުން ކާފިޔު ހިންގަން އުޅޭކަމުގެ ޚަބަރުތައް އެބަފެތުރެއެވެ. ފަތުރަމުން ގެންދަނީ "އިތުބާރުހުރި" ފަރާތަކާއި ޙަވާލީ ކަމަށް ބުނެއެވެ. މިކަން ޔަޤީންކުރަން ކުރި މަސައްކަތުން އެއްވެސް ބޭފުޅަކާއި ގުޅިފައި ނުވާތީ މިޚަބަރުގެ ޞައްހަކަން މިއަދުނޫހަށް ވަނީ ކަށަވަރު ނުކުރެވިފައެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ވިދާޅުވެފައިވަނީ އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަގަޅު ކަމެއްނޫން ކަމަށާއި އެންމެ މުހިންމީ އެޗްޕީގެ އެންގުންތަކަށް ރައްޔިތުންގެ އެއްބާރުލުން ދިނުން ކަމަށެވެ.  

"ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުދަނީ އިތުރުވަމުން. ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުގައި އުޅުއްވާއިރު މާސްކް އަޅުއްވާ! އެޗްޕީއޭގެ އެންގުންތަކަށް ޢަމަލުކުރައްވާ! ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ވަރަށް މުހިންމު! އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަގަޅު ކަމެއްނޫން."؛ ރައީސް ޞާލިޙް

މީގެ 2 ދުވަހެއްކުރިން 215 މީހުން ޕޮޒިޓިވްވިއެވެ. އިއްޔެ ޕޮޒިޓިވްވެފައިވަނީ 129 މީހުންނެވެ. 

ތަޖުރިބާކާރު ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ހުރިހާ ވަގުތުތަކެއްގައިވެސް ޒަރޫރީ ބޭނުމެއް ނެތި މަގުމަތީގައުޅުން ހުއްޓުވަން ޖެހިފައިވާ ކަމަށެވެ. ކެފޭ ރެސްޓޯރަންޓްތަކަށް ޖަމާވެ ތިބުންވެސް ހުއްޓުވަން ޖެހޭ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް