އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަޒީ ހިޖާމާ ‍- ވަރަށް ގިނަ ބައަކަށް ޚާއްޞަ ވަނީ ކީއްވެ؟

ފަޒީ ހިޖާމާ ‍- ވަރަށް ގިނަ ބައަކަށް ޚާއްޞަ ވަނީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

ފަޒީ ހިޖާމާއަކީ ދެޖިންސުގެ މީހުންނަށް ވެސް ޙިޖާމާގެ ޚިދުމަތް ދިނުމުގައި ރާއްޖޭގައި އެންމެ މަޝްހޫރު، އެންމެ ގިނަ ބައަކު ބަލައިގެންފައިވާ އެންމެ ގިނަ ބައަކު އިތުބާރުކުރާ އެއް ކްލިނިކެވެ. 

ރާއްޖެ ޢާއި ރާއްޖެއިން ބޭރުން ޑޮކްޓަރީ ފަރުވާ ހޯދައިގެންވެސް ޙައްލު ނުލިބިހުންނަ ކަންކަމަށް ފަޒީ ހިޖާމާގެ ޚިދުމަތް ހޯދައިގެން ހައްލު ލިބިފައިވާކަން ޚިދުމަތް ހޯދާ ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ. ޚާއްޞަ ގޮތެއްގައި ދަރިން ނުލިބުމުގެ މައްސަލަތަކަށް ޙައްލު ލިބި ދަރިން ލިބިފައިވާކަން ޚިދުމަތް ހޯދާ ފަރާތްތަކުން ގެންދަނީ ފާހަގަކުރަމުންނެވެ. 

ހިޖާމާ ޖެހުމަކީ ހަމަކޮންމެ ބައްޔަކަށްވެސް ފަރުވާލިބޭ ކަމެއްކަން ސުންނަތުން އެނގެން އޮތްއިރު މިއަދު ޑޮކްޓަރުންވެސް ގެންދަނީ ފާހަގަކުރަމުންނެވެ. ފަޒީ ހިޖާމާއިން ޚިދުމަތްދެނީ ސުންނަތާއި އެއްގޮތަށެވެ. 

ފަޒީލާ އުޘްމާން އާންމު ނަމުން ނަމަ ފަޒީ އަކީ އެނަމެއް ކިޔައިފި ނަމަ ދިވެހިންނަށް ނޭނގި ނުދާނެ މަގުބޫލު މީހެކެވެ. 2016 ވަނަ އަހަރުން ފެށިގެން ދިވެހި ރާއްޖޭގައި ރަސޫލާ ސ.އ.ވ ސުންނަތާ އެއްގޮތަށް ފަޒީ ދަނީ އެތައް ބަޔަކަށް ހިޖާމާގެ ފަރުވާ ދެމުންނެވެ. ތަފާތު އެކި ބަލިތަކުން ފަރުވާ ހޯދަން ބޭނުންވާ އެތައް ބަޔަކށް ކޮންމެ ދުވަހަކުވެސް ފަޒީ ދަނީ އޭނާގެ ކްލިނިކުގައި ފަރުވާ ދެމުންނެވެ.  

ﷲ ސ.ވ ގެ ރަހުމަތްފުޅާއެކު ގިނަ ބަޔަކަށް ޝިފާލިބެން ފެށުމުން އޭނާއަށް ވަނީ އެތައް ބައެއްގެ މަގުބޫލްކަމާއި ލޯބި މަދު ދުވަސްކޮޅެއްގެ ތެރޭގައި ލިބިފައެވެ. އެކަން އެނގިގެން ދަނީ ރާއްޖޭގައި މިވަގުތު އެންމެ ގިނަބަޔަކު ފޮލޯ ކުރަމުންދާ އޭނާގެ ފޭސްބުކްް (ފަޒީސް ހިޖާމާ ތެރަޕީ) ޕޭޖަށް އަޕްލޯޑްކުރާ އެކިއެކި ރިޕޯޓްތަކާއި ޕޯސްޓުތަކުންނެވެ.

ފަޒީގެ އެންމެ ކާމިޔާބު އެއް މަސައްކަތް ކަމުގައިވާ ދަރިމައިވުމުގެ މައްސަލަތަކަށް ހިޖާމާގެ ފަރުވާ ލިބިގެން ﷲގެ ރަހުމަތްފުޅުން މީހުން ބަނޑުބޮޑުވެ އެ ރިޕޯޓު ހިއްސާ ކުރެއެވެ. ރިޕޯޓުގެ އިތުރުން ދަރިމައި ވުމަށް ހިޖާމާއިން ކާމިޔާބުވެ، ވިހެއުމަށްފަހު ދަރިފުޅުގެ ފޮޓޯވެސް ފަޒީގެ ޕޭޖަށް ގިނަ ބަޔަކު ވަނީ ހިއްސާކޮށްފައެވެ. ފަޒީ ޝެއާރ ކުރާ މިފަދަ ރިޕޯޓްތަކާއި ޕޯސްޓުތަކުުގެ ސަބަބުން އެތައް ބަޔަކަށް އުންމީދު އާވެ ހިތްހަމަޖެހުން ލިބޭނެކަން ޔަގީނެވެ.

އެތައް ބަޔަކަށް ފަޒީސް ހިޖާމާ ތެރަޕީ އިން ހިޖާމާގެ ފަރުވާ ދެމުން އަންނަ އިރު، އެތައް އާންމުނަކަށް ހިޖާމާގެ ފަރުވާ ހޯދައިގެން ﷲގެ ރަހުމަތްފުޅާއި އެކު ޝިފާ ލިބިފައިވެއެވެ. ހަކުރުބަލި، ކޮލަސްޓްރޯލް، ތައިރޮއިޑް، ލޭ މައްޗަށްދިއުން، ނާރުގެ މައްސަލަތައް އަދި މައިގްރެއިންގެ އިތުރުން އެކިކަހަލަ ތަދުތަކަށްވެސް ހިޖާމާއިން ޝިފާ ލިބެމުންދާކަން ގިނަ ބަޔަކު ވަނީ އޭނާ އާއި ހިއްސާކޮށްފައެވެ. އަދި މިފަދަ އާންމު ބަލިތަކުގެ އިތުރުން ބޮޑެތި އަދި ނުރައްކާތެރި ބަލިތައްކަމުގައިވާ ޓިއުމަރ އުފެދުން، އަދި ސްޓްރޯކް ޖެހުންފަދަ ބަލިތަކަށްވެސް ފަޒީ ދަނީ ހިޖާމާއިން ފަރުވާ ކޮށްދެމުންނެވެ.

ރަސޫލާ ސ.އ.ވ ގެ ހަދީސްފުޅެއްގައި ވެއެވެ. ތިޔަބައިމީހުންގެ ފަރުވާތަކުގެ ތެރެއިން އެންމެ މޮޅު ފަރުވާއެއްކަން ކަށަވަރީ ހިޖާމާޖެހުމެވެ. ނުވަތަ އެއީ ތިޔަބައިމީހުންގެ ބޭސްތަކުގެ ތެރެއިން އެންމެ މޮޅު ބޭހެވެ.

އަޖުމަ ބައްލަވައިލެއްވުމަށް ހިޖާމާގެ އެންމެ ސެޝަން އަކުންވެސް ﷲ ގެ ރަހުމަތްފުޅުން ޝިފާ ލިބޭނެ ކަމަށް ބައެއް ބަލިތަކުގެ ވާހަކަ ފަޒީ އޭނާގެ ޕޭޖުގައި ޝެއާކޮށްފައި ވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް