އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޓީސީސީ އިން ސުޒުކީ އައުޓްބޯޑު އިންޖީނާއި ޔަންމާ އިންބޯޑު އިންޖީނުގެ އަގުހެޔޮކޮށްފި

އެމްޓީސީސީ އިން ސުޒުކީ އައުޓްބޯޑު އިންޖީނާއި ޔަންމާ އިންބޯޑު އިންޖީނުގެ އަގުހެޔޮކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

އެމްޓީސީސީ އިން ސުޒުކީ އައުޓްބޯޑު އިންޖީނާއި ޔަންމާ އިންބޯޑު އިންޖީނުގެ އަގުހެޔޮކޮށްފިއެވެ.

އެމްޓީސީސީ އިން ބުނެފައިވަނީ އިމްޕޯޓު ޑިއުޓީ އަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން އެމްޓީސީސީ ކަށަވަރުން ވިއްކާ ސުޒުކީ އައުޓްބޯޑު އިންޖީނު އަދި ޔަންމާ އިންބޯޑު އިންޖީނުގެ އަގުތަކަށް ހެޔޮބަދަލުތަކެއް ގެނައުމާއި ގުޅިގެން "މާބޮޑަށްވެސް އަގުހެޔޮ ވެއްޖެ'' ކެންޕެއިން ފަށާފައިވާކަމަށެވެ.

އެމްޓީސީސީ އިން ބުނެފަިވަނީ އެކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުންކަމަށާއި އެގޮތުން ކޮންމެ އަހަރަކު ވެސް އެކި އެކި ޕްރޮޑަކްޓް ތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުވުމުގެ ހަރަކާތްތައް ރާވާހިންގަމުން ދާކަމަށެވެ.

އެމްޓީސީސީ އަކީ، ދިވެހި ރާއްޖޭގައި ގާޢިމްކުރެވުނު އެންމެ ފުރަތަމަ އަދި އެންމެ އިތުބާރުކުރެވޭ ޕަބްލިކް ކުންފުންޏެވެ. އަދި ޔަންމާ އިންޖީނާއި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާރ ބްރޭންޑް ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

މީގެއިތުރުން އެމްޓީސީސީއިން ދަތުރުފަތުރުގެ ޚިދުމަތާއި، ބަނދަރުހެދުމާއި، ބިންހިއްކުމާއި، ފަޅުފުންކުރުމާއި، ގޮނޑުދޮށް ރައްކާތެރިކުރުމާއި ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފޯރުކޮށްދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު